މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ވ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 11:30 އިން ފެށިގެން މެންދަމު 3:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިބާރުވާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ހުރިހާ ސަރަޙައްދު ތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ވީމާ ވިއްސާރަވެ ވައިބާރުވާތީ މޫސުމަށް ސަމާލުކަން ދިނުމަށް ޚާއްސަކޮށް ދަތުރުވެރިން މިކަމަށް ސަމާލުން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ.

































