• About
  • Advertise
  • Privacy & Policy
  • Contact
N News
Advertisement
  • ހޯމް ޕޭޖް
  • ޚަބަރު
    • ހުރިހާ
    • ވިޔަފާރި
    • ދުނިޔެ
    • ސައިންސް
    • ސިޔާސީ
    މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

    ދިވެހިންގެ ”ފޯރިކެނޑެނީ“

    ދިވެހިންގެ ”ފޯރިކެނޑެނީ“

    އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

    އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި  މީހަކު ހައްޔަރުކޮށްފި

    އ.ދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި

    ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް

    Trending Tags

  • ޓެކްނޮލޮޖީ
    މޯބައިލް ފޯނު ހިފައިގެން ފާހާނައަށް ވަންނަނީ ކާކު؟

    އަހަރެންގެ ޚިޔާލު: ބެލެނިވެރިންނާއި ޓީޗަރުންވެސް ސޯޝަލް މީޑިއާގަ!

  • މުނިފޫހިފިލުވުން
    • ހުރިހާ
    • ކުޅިވަރު
    • މިއުޒިކް
    • ގޭމިން

    ޕްރެޒިންޑެންޓް ކަޕްގެ ފައިނަލް މެޗް ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވައިފި

    މީދޫ ވޮލީކޯޓް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

    އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ

    ބާސެލޯނާ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

    ރައީސް، ޒެމްބިއާ ބެޑްމިންޓަން ސީރީޒްގައި މެޑަލް ހޯދި އެތުލީޓުންނަށް ތަހުނިޔާ ވިދާޅުވެއްޖެ

  • ލައިފްސްޓައިލް
    • ހުރިހާ
    • ކާނާ
    • ސިއްޙަތު
    ހދ. ވައިކަރަދޫގައި ގްރީން ހައުސް އަޅައިފި

    ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ

    ބަރުދަން ލުއިވާނެ ކަމަށް ބުނެ ބޭހެއް ވިއްކާތީ އިޒާރެއް

    ނޭވާލާ ނިޒާމުގެ ބަލިތައް ވެސް އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

    ނިދާއިރު ކައިރީގައި މޯބައިލް ފޯނު ނުބާއްވާތި!

    ދުނިޔޭގެ އެއިޑްސް ދުވަސް: މިހާތަނަށް 44.1 މިލިއަން މީހުން މަރުވި

  • ރިވިއު
ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ

ހޯމް ޚަބަރު

ޕްރިމިއާ ޗެމްބާސްއަށް ކާނަލް ރިޓަޔަޑް ނާޒިމް 1.3 މިލިއަން ރުފިޔާ ދޭންޖެހޭކަން ސާބިތު ނުވުވާކަމަށް ހުކުމްކޮށްފި

އިބްރާހިމް އާޒިމް - އިބްރާހިމް އާޒިމް
ޖޫން 12, 2025
އެތެރެ ޚަބަރު
0
ޕްރިމިއާ ޗެމްބާސްއަށް ކާނަލް ރިޓަޔަޑް ނާޒިމް 1.3 މިލިއަން ރުފިޔާ ދޭންޖެހޭކަން ސާބިތު ނުވުވާކަމަށް ހުކުމްކޮށްފި
0
ޝެއާސް
79
ވިއުސް
Share on FacebookShare on Twitter

މާފަންނު އުތުރު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވަނީކޮށް، ހައްޔަރުކޮށް ޖަލަށް ލުމުން އެކަމުގައި  ޕްރިމިއާ ޗެމްބާސް އިން ފޯރުކޮށްދިން ގާނޫނީ ޚިދުމަތަށް ލިބެންޖެހޭ ކަމަށް އެ ލޯ ފާމުން ބުނާ 1.3 މިލިއަން ރުފިޔާ އަކީ ދޭންޖެހޭ ފައިސާއެއް ކަމަށް ސާބިތުނުވާ ކަމަށް ފަސް އަހަރު ފަހުން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި މާޗް 27، 2015 ގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފުކުރަން ހައި ކޯޓަށް ހުށަހެޅުމަށް ކުރި މަސައްކަތް ކުރީ ވަކީލް ޝާހީން ހަމީދާއި ވަކީލް މައުމޫން ހަމީދު އަދި ހަސަން މާޒް ޝަރީފް ހިއްސާވެ ވަޑައިގަންނަވާ ޕްރިމިއާ ޗެމްބާސް އިންނެވެ. ނަމަވެސް ހައި ކޯޓާ ހިސާބުން ނާޒިމް ވަނީ އެ ލޯ ފާމު ދޫކޮށްލައްވައިފަ އެވެ.

ހައި ކޯޓުން 2016 ވަނަ އަހަރު ނާޒިމްގެ ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އޭރު ބަލައިވެސް ނުގަތެވެ. އެކަމަކު ޔާމީންގެ ވެރިކަން ބަދަލުވެ ޑިސެމްބަރު 13، 2018 ސުޕްރީމް ކޯޓުން ވަނީ މައްސަލަ ރިވިއުކޮށް ޖަލު ހުކުމް ބާތިލްކޮށްފަ އެވެ.

ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ދީފައިވާ ގާނޫނީ ހިދުމަތްތަކަށް 977،353ރ. އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން މާޗު 2020 ގައި ހުށަހެޅި މައްސަލައިގައި އެންމެ ފުރަތަމަ މަސައްކަތްކުރީ އޭރު ސިވިލް ކޯޓުގައި އޮތް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގެ ތެރެއިންނެވެ. އެކަމަކު ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެ މައްސަލަ ޝަރީއަތަށް ދިޔަ އެވެ. އޭގެ ފަހުން ޝަރީއަތްތައް ސެޕްޓެމްބަރު 6، 2021 ގައި ނިންމައި ދިރާސާކުރުމުގެ މަރުހަލާގައި އޮއްވައި ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ޑިވިޝަންތަކެއް އުވާލުމުން މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުކުރަން ޖެހުނެވެ. އަދި އެ މައްސަލަ އޭގެ ފަހުން ބެއްލެވި ގާޒީ ރިޓަޔާކުރެއްވުމުން އަނެއްކާ އެހެން ސެކްޝަނަކަށް މެއި 22، 2023 ގައި ބަދަލުވީ އެވެ.

ނާޒިމްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނާޒިމާ ދެކޮޅަށް ކުރި ހުކުމުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތްކޮށްދިނުމަށް ޕްރިމިއާ ޗެމްބާސްގެ ކިބައިން ނާޒިމް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވެ މި ދައުވާ ކުރުމުގެ ހައިސިއްޔަތު ޕްރިމިއާ ޗެމްބާސް އަށް ނޯންނާނެ ކަމަށާއި މިއީ މައުޟޫއީ ގޮތުން ބަލަންޖެހޭ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދޭން އެދިފައިވެ އެވެ.

ނާޒިމްގެ ގާނޫނީ މަސައްކަތް ޕްރިމިއާ ޗެމްބާސް އިން ކޮށްފައިވަނީ ނާޒިމް އެދިވަޑައިގެން ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން އަގަކާ މެދު އެއްބަސްވުމެއް ވެސް ނޯންނާނެ ކަމަށް ނާޒިމްގެ ފަރާތުން ޝަރީއަތުގައި ބުނެފައިވެ އެވެ.

ޝަރީއަތުން މިކަމަށް ބެލި އިރު، ފައިސާ ދައްކަން އަންގައި ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ހަތަރު އިންވޮއިސްއެއް ފޮނުވާފައި އޮތްކަން ފާހަގަކޮށްފައިވެ އެވެ. އެއީ ނާޒިމަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ވީ ތައްޔާރީތަކާއި މަސައްކަތަށް 977،353.13ރ. ދައްކަން އަންގައި ފޮނުވި އިންވޮއިސްއަކާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާއާ އެކު ފައިސާ ދެއްކުމަށް އަންގައި ފޮނުވި ތިން އިންވޮއިސްއެކެވެ.

ޕްރިމިއާ ޗެމްބާސް އިން ވަނީ ގާނޫނީ ފީ ބަޔާންކޮށް ނާޒިމަށް ފޮނުވި އީމެއިލްތަކެއް ޝަރީއަތަށް ހުށަޙަޅައި މިއީ ނާޒިމާއި އޭނާގެ އާއިލާއަށް އެނގުމާއި ފެނުމުގެ ތެރެއިން ކޮށްފައިވާ މުއާލާމާތެއް ކަމަށް ބުނެފަ އެވެ. ޕްރިމިއާ ޗެމްބާސްގެ އީމެއިލްގައި ބަޔާންކުރާ އަގަށް އެއްބަސްވާ ނަމަ އީމެއިލް މެދުވެރިކޮށް އެކަން ކޮންފާމްކުރުމަށް ޕްރިމިއާ ޗެމްބާސްގެ މެއިލްގައިވެ އެވެ. އެކަމަކު ޝަރީއަތުން ބުނެފައިވަނީ ޕްރިމިއާ ޗެމްބާސްގެ މެއިލް އަކީ ތިން ވަނަ ފަރާތަކުން، އެ ފަރާތުގެ އީމެއިލް އެޑްރެސް އިން، ދައުވާކުރާ ފަރާތަށް ފޮނުވި މެއިލްއެއްކަން އެނގޭ ކަމަށާއި އެ ފަރާތަކީ ނާޒިމްގެ ފަރާތުން ބަސް ބުނުގެ ގާނޫނީ ބާރު އޮތް ފަރާތެއް އެނގެން ނެތް ކަމަށެވެ.

ޕްރިމިއާ ޗެމްބާސްގެ އިންވޮއިސްއާ ގުޅިގެން ސިޓީއެއް ފޮނުއްވިކަން އެނގެން އޮތް އިރު، އިންވޮއިސްކޮށްފައިވާ އަގަކީ ޕްރިމިއާ ޗެމްބާސް އިން ހުށަހެޅި އަދި ނާޒިމްގެ ރުހުން ލިބިފައި ނެތް އަގެއް ކަމަށް ސިޓީގައި ބަޔާންކޮށް އެ އަގު ދެވެން ނެތް ކަމަށް ނާޒިމް އަންގަވާފައިވެ އެވެ.

މި ކަންކަމަށް ބަލާއިރު ހިދުމަތުގެ އަގާ ގުޅޭ ގޮތުން ދެފަރާތުން އެއްބަސްވާ ކޮންޓްރެކްޓެއް ވުޖޫދުގައި ނެތްކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ ގާޒީ ފައްޔާޒް ޝާތިރު ހުކުމް ކުރެއްވީ ޕްރިމިއާ ޗެމްބާސް އިން ހޯދަން ނާޒިމްގެ މައްޗަށް ދައުވާކުރާ ފައިސާއާ މެދު ނާޒިމާ އެކު ވަކި ގޮތަކަށް އެއްބަސްވެފައި ނެތުމުން އެއީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާން ނެތް ކަމަށެވެ.

އޭރުގެ ޑިފެންސްމިނިސްޓަރު ކަމުގެ މަޤާމުގައި ނާޒިމް ހުންވަނިކޮށް، ގ. އެނިފްގޭގައި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކުރީ 10ފެބްރުއަރީ 2015 ގަ އެވެ.

ކުރީގެ ޕޯސްޓް

ހޯރަފުށި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި

ދެން އިން ޕޯސްޓް

މައިޕާޓީ އެމްޑީޕީގެ ޗެއާޕަސަން ރައީސް ނަޝީދާއެކު!

އިބްރާހިމް އާޒިމް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • ޓްރެންޑިންގ
  • ކޮމެންޓްތައް
  • އެންމެފަހުގެ
ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ވަރުގަދަ ރައްދެއް ވަޒީރު މާރިޔާ އަށް!

މެއި 8, 2025
ފިރުޝާން ތުހުމަތުކުރައްވަނީ ރައީސް ޑރ މުއިއްޒު ހިންގަވަނީ ރަސްކަމެއްކަމަށް!

އޮކްޓޯބަރ 28, 2024
މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ( އެމްސީޕީ) އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް،އިފްތިތާޙީ ޖަލްސާ ކުޅުދުއްފުށީގައި

ޑިސެމްބަރ 22, 2024
ރާއްޖޭގެމީހުން ދިރިއުޅޭ ރަށެއްގައި  ފުރަތަމަ ފަހަރަށް ފްލެޓްއަޅައިގެން ފްލެޓް ވިއްކާ ވިޔަފާރި އާރުސީސީއިން ފަށައިފި

އޭޕްރިލް 22, 2025
ކާމިޔާބީގެ ދަތުރުގައި ގިރާކުރަން އޮންނަ 3 އޮޅި!

ކުރީގެ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

އެއާ  އަރަބިއާގެ  ފްލައިޓުތަކުގެ  ދަތުރުތައް ރާއްޖެއަށް  ފަށައިފި

އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

0
މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މާރޗް 22, 2026
ދިވެހިންގެ ”ފޯރިކެނޑެނީ“

ދިވެހިންގެ ”ފޯރިކެނޑެނީ“

މާރޗް 21, 2026
އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

މާރޗް 21, 2026
އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި  މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް މަސްތުވާ ތަކެތި އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

މާރޗް 21, 2026

Recent News

© 2024 NNews

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ
  • ސިޔާސީ
  • ވިޔަފާރި
  • ދުނިޔެ
  • ސައިންސް
  • މުނިފޫހިފިލުވުން
    • ކުޅިވަރު
    • މިއުޒިކް
    • ފިލްމު
    • ގޭމިން
    • ރިވިއު
  • ލައިފްސްޓައިލް
    • ކާނާ
    • ފެޝަން
    • ސިއްޙަތު
  • ޓެކްނޮލޮޖީ

© 2024 NNews