މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މާދާމާ މެލޭޝިޔާގައި ބާއްވާގޮތަށް ހަމަ ޖައްސައިފިއެވެ. މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޕޯސްޓުގައިވާގޮތުން ފަރީދުގެ މޫނު ދެއްކުން އޮންނާނީ މާދަމާ މެންދުރު 11:00 އާއި 12:30 އާ ދެމެދުއެވެ. އަދި ކަށުނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަސް ފަހު މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިއްލާހި މަސްޖިދުގައެވެ.
އަދި ވަޅުލުމަށް ހަމަޖެހިފައި ވަނި ޓަނާހް ޕެރްކުބުރަން ރައުދަތުލް ބާގީގައެވެ.

އުމުރުން 53 އަހަރުގެ ފަރީދުގެ ޣައިބަށް ކުރާ ކަށުނަމާދު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، ރާއްޖޭގެ ހުކުރުކުރާ ހުރިހައި މިސްކިތެއްގައި ކުރުމަށް ނިންމާފައި ވެއެވެ.
ޝައިހް ފަރީދު އަވަހާރަވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ.

































