ދިއްގަރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިކްރާމް ޙަސަން ގޭގެ ދޮރުމައްޗަށް ބުޅާލަމުންގެންދާ ބުޅާސީތައް ރައިސް އޮފީހުގެ ދޮރުމައްޗަށް ގެންދާނެކަމަށް ބުނެ އިކްރާމް މިއަދު އިންޒާރެއް ދީފިއެވެ.
އިކްރާމް ރަސްމީ އެކްސް އެކައުންޓުން މިއަދު ޕޯސްޓުގައި ހިއްސާކޮށްފައިވަނީ، ރައީސް ޑރ މުއިއްޒުއަށް ވަރަށް އަދަބުވެރިކަމާއި އެކު ދަންނަވަން، މާލެ ތެރެއަށް ބުޅާ ސީ ލުމުގެ މައްސަލަ ހައްލު ކޮއްދެއްވާ. މިކަމަށް 3 ފަހަރު އެކިގޮތަށް އަޅުގަނޑަށް ދެންނެވިއްޖެކަމަށް ފޯސްޓުގައިވެއެވެ. އަދި އިތުރަށް ހިއްސާކޮށްފައިވަނީ، މިކަމަށް ހައްލެއް ނައިސްފިނަމަ އަޅުގަނޑު ގެއާއި އޮފީސް ދޮރު މަށްޗަށްލާ ބުޅަލުގެ ސީ ރައީސް އޮފީސް ކައިރިއަށް ގެންދަން ފަށާނަން ކަމުގައެވެ. އަދި މި އުދަގޫ ވާ އެންމެނަށް އަޅުގަނޑު ގޮވާލަން މިކަމުގައި އަޅުގަނޑާ ބައިވެރިވެލެއްވުމަށް. މި މައްސަލަ ހައްލުކޮށް ދެއްވައިފިނަމަ އަޅުގަނޑު އިތުރަށް މިވާހަކައެއް ނުދައްކާނަން ކަމުގައިވެސް ޕޯސްޓުގައި ވެއެވެ.

އެނާގެ މިކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ މާލޭގައި މަގުމަތީ ވީއްލިގެން އުޅޭ ބުޅާތަކުގެ ފުށުން އާންމު އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ދުވަސްތަކެއްގައެވެ. އަދި މާލޭސިޓީގައި ވީއްލިގެން އުޅޭ ބުޅާތަކަށް އެކަށީގެންވާ ހައްލެއް ނުހޯދި އާންމުގެ ކަންބޮޑުވުންތަކަށް ހައްލެއްނުލިބޭތާ އެތަކެއް ދުވަސްވަނީ ވެފައެވެ.

































