ތ. ދިޔަމިގިލީ މުއައްސަސާތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ
މި އަހަރުގެ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުރިއަށް ގެންދިޔަ މި ސެޝަނުގައި މައުލޫމާތުދީފައިވަނީ ‘’ވޯކް އެތިކްސް“ މައުލޫގެ ދަށުންނެވެ.
މި ސެޝަން އިންތިޒާމްކޮށްފައި ވަނީ ދިޔަމިގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ދިޔަމިގިލީ ޕޮލިހާ ގުޅިގެން ނެވެ.
މި ސެޝަނުގައި، ވޯކް އެތިސްއަކީ ކޮބައިކަމާއި، ވޯކް އެތިކްސްގެ މުހިންމުކަމާއި، ވޯކް އެތިކްސްގައި ހިމެނޭ ބައިތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަސައްކަތްކުރުމަށް ދިމާވާ ގޮންޖެހުންތަކާއި، ނުރަގަނޅު ސުލޫކީ މިންގަނޑުތަކާއި ރަގަނޅު ސުކޫލީ މިންގަނޑުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، މަސައްކަތު އަހުލާގު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ހިއްސާކޮށްފައިވެއެވެ.
ބައިވެރިންގެ ހޫނު ތަރުހީބެއް ލިބިގެންދިޔަ މި ސެޝަނުގައި، ދިޔަމިގިލި ކައުންސިލް، ހެލްތު ސެންޓަރު، ސްކޫލް، ފެނަކަ އަދި މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ހިމެނޭހެން 86 މުވައްޒަފުން ބައިވެރިވިއެވެ.

































