ނަބަވީ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރް ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ޢަރަބި ބަހުން ދެއްވި ޚުޠުބާގެ ދިވެހި ތަރުޖަމާ އަންނަ ހުކުރުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކިއުމަށް ހަމަޖައްސާފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
މިއަދު ޑރ. ޞަލާޙުލް ބުދައިރު ދެއްވި ޚުޠުބާގެ މަޢުޟޫއަކީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.” މި މަޢުޟޫއެވެ.
ހުޠުބާގައި ޚަޠީބު ޑރ. ޞަލާޙުލް ބުދައިރު ވަނީ މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެކަކު އަނެކަކު ދެކެ ލޯބިވެ، ހެޔޮކަމާއި ތަޤވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ.

































