އޭޕްރިލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ބުނެފިއެވެ
އާއިލާގެ ފަރާތުން، ހުކުރުދުވަހުގެރޭ މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އަންނަ އާދީއްތަ ދުވަހު ސްރީލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް މިހާރު ވަނީ ހަމަޖެހިފައެވެ.
މެލޭޝިއާ އަށް ގެންދިޔުމާއި ބޭސްފަރުވާގެ ހުރިހާ ޙަރަދެއް ސަރުކާރުގެ ޙަރަދުގައި ހަމަޖައްސައި ދީފައިވާ ކަމަށް އާޢިލާގެ ފަރާތުން ބުނެއެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ސިލްސިލާ ގޮތެއްގައި އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. މިގޮތުން ބުދަ ބުރާސްފަތި އަދި ހުކުރުދުވަހުގެރޭވެސް ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ.
މި ހާދިސާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު ހިހަހައްޓާފައިވާއިރު މިތަނުން އެކަކު ރާއްޖެއިން ބޭރަށް ފުރިކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ. މިގޮތުން މި މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށްވާ ކ.މާލެ، ގ.ނޯތުބްރީޒް އައިޝަތު ލަޔާލީ އިޤްބާލު،ގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އޭނާ ރާއްޖެ ދޫކޮށް މެލޭޝިއާއަށް ދިޔަކަމަށް ބުނެ މީސް މީޑިއާގައި ދިޔައީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެހެނަސް ފުލުހުން ވަނީ މިކަން ދޮގުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތިން އަންހެނަކު ވެއްޓުނު މައްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރުވާލާފައިވާ ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަޤީގަތާ ހިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.

































