ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަރިސް ކުރައްވައިފި އެވެ.
މިގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެެ. އަދި، ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަންފަށާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ މިއީ ސިއްޙީ ދާއިރާގައި މަސަތްކަތްކުރަމުން އަންނަ ބޭފުޅުންގެ އަގު ވަޒަންކުރުމަަށް ފާހަގަކުރަން ފެށި ދުވަހެކެވެ
ބައިނަލްއަޤުވާމީ ދިވެހި ޑޮކްޓަރުންގެ ދުވަހަކީ 18 އޭޕްރިލްއެވެ.

































