ފިތުރު ޢީދާ ގުޅިގެން ދަމަނަވެށީގެ އާއްމު ޚިދުމަތްތައް ނުލިބޭނެ ކަމަށް އެ މަރުކަޒުން ހާމަކޮށްފިއެވެ.
މެ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި ޢީދު ބަންދުގައި އާއްމު ޚިދުމަތްތައް މެދުކެނޑުނު ނަމަވެސް، ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.
މި ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން މުއްދަތު ހަމަނުވާ ޕާސްޕޯޓާއި، އައިޑީ ކާޑުގެ އިތުރުން، ބަންދު ދުވަސްތަކުގައި ފުރުމަށް ނަގާފައިވާ ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑު ޖަހާފައިވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.
އަދި ޓްރެވަލް ވެކްސިން ޖެހުމުގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ދަމަނަވެށީގެ ފޯނު ނަންބަރު 7267290 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެވޭނެކަމަށް ވެސް އެ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

































