މިއަހަރު ރާއްޖޭގެ ހުރިހާ އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގެ ޕްލެޓްފޯރމްއެއް ކަމެއްވާ ފެސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީކަމަށާއި އެހެން ނަމަވެސް ލައިބްރަރީ ހުރީ ނެތިވެ ގޮސްފައިކަމަށެވެ. އަދި ލައިބްރަރީ ނެތި އަހަރުތަކެއްވެފައިވާ ކަމަށާއި، އެ ލައިބްރަރީ އަލުން ސަލްމާން މިސްކިތުގައި މިއަހަރުގެ މެއި މަހު ހުޅުވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން މިމަހުވަނީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތް އެޅުމާއި އިސްލާމީ މަރުކަޒު އެޅުމަށް ސަރުކާރު ކުންފުނިތަކާއި ޙަވާލުކޮށްފައެވެ.

































