އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކޯޓަރޒްގައި، އައްޑޫ ސިޓީގެ ހަ ސްކޫލެއްގެ ކެޑޭޓުންނަށް އަމާޒުކޮށްގެން ”ސީނިއަރ ޖޮއިންޓް ކޭމްޕް“ ގެ ނަމުގައި ކޭމްޕެއް ބާއްވައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މި މަހުގެ 25 އަދި 26 ވަނަ ދުވަހު ބޭއްވި މި ކެޑޭޓް ކޭމްޕުގައި 130 ކެޑޭޓުން ބައިވެރިވިއެވެ. މި ކޭމްޕުގައި ދަރިވަރުންނަށް ކިޔައިދެވުނު ބައިތަކުގެ ތެރޭގައި އަންއާރމްޑް ކޮމްބެޓް، ސަވައިވަލް އަދި ފީލްޑްކްރާފްޓްގެ ކުލާސްތައް ހިމެނެއެވެ.
މި ކޭމްޕު ތައްޔާރުކޮށް އެންމެހާ ކަންކަން އިންތިޒާމު ކުރުމުގައި އިސްދައުރެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، މެރިން ޑިޕްލޯއިމެންޓް ޔުނިޓް 5 އިން އަދާކޮށްފައިވާ އިރު، މި ކޭމްޕު ކުރިއަށް ގެންދިއުމުގައި ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވިއެވެ.

































