ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި، މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ފިޔާތޮށިގެ، މުޙައްމަދު ލުބާން ޤައްހާރު، 26 އަހަރެވެ.
ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހުގެ 22:54ހާއިރު، ހިޔާ ފުލެޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގަން އުޅުނު މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ލުބާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންއަންނަކަމުގައެވެ.

































