ހަންކެޑަ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެއެވެ.
މި އެކްސިޑެންޓްގައި މަރުވެފައިވަނީ ގ. ނައިޓް ޑްރީމް އުމުރުން 24 އަހަރުގެ ލީވާން އަންދުއް ސައްތާރެވެ.
ޒަހަމްވި ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓަށް ފަހު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި މަރަދޫއިން ހިތަދޫއަށް ދުއްވާފައި ދިޔަ ސައިކަލެއް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލްނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.
މަރުވި ޒުވާނަކީ އައްޑޫ ސިޓީގައި އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން ބާއްވާ މުބާރާތެއްގައި ބައިވެރިވާން ގޮސް އުޅުނު މީހެއްކަމަށް މައުލޫމާތުލިބެއެވެ. މި މުބާރަތައް ފަރިތަކުރަމުން ދިޔަ އުމުރުން 18 އަހަރުގެ ޒުވާނަކުވެސް އެކްސިޑެންޓްވެ އެޒުވާނާ މާލެ ގެނެސް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

































