އްޑޫގައި ޑެންގީ ފެތުރުން އިތުރުވަަތީ ސަމާލުވުމަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އިން އިލްތިމާސްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ދުވަސްވަރު އައްޑޫގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާކަމަށެވެ.
އަދި މި މަހުގެ މިހާތަނަށް ޑެންގީގެ ހަތަރު ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިދިޔަ މަހުވެސް ޑެންގީ ޖެހިގެން ތިން މީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޑެންގީގެ އަލާމަތްތަކުގެ ތެރޭގައި . ހުން އައުމާއި، ލޮލުގައި ރިއްސުމާއި، ހަށިގަނޑުގައި ރަތް ކުޑަކުދި ބިހި އުފެދުމާއި، ބޮލާއި އަނގައިގައި ރިއްސުން ހިމެނެއެވެ. މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތަކެއް ވެސް ހޮސްޕިޓަލުން ވަނީ ދީފައެވެ. މީގެ ތެރޭގައި ހުން ދަށްކުރުމަށް ހަމައެކަނި ޕެނެޑޯލް ނުވަތަ ޕެރެސެޓެމޯލް ބޭނުންކުރުމަށާއި، ގިނައިން ފެންއަދި ދިޔާތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން ދެމިގެންދާނަމަ، ޞިއްޙީ ފަރުވާ ހޯދުމަށް ލަފާދީފައިވެއެވެ.

































