އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ފަޔަރ ކޮމްޕޯނަންޓުން، ޣާޒީ ސްކޫލުގެ ކެޑޭޓު އަދި ބޭންޑު ދަރިވަރުންނަށް ކުރިއަށް ގެންދާ ”ބޭސިކް ކޭމްޕް 2025“ ގައި، ފަޔަރ އެވެއަރނަސްއާ ގުޅޭ ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ. އެ ސްކޫލުގައި ކުރިއަށްދާ ކޭމްޕުގައި، ފެބުރުވަރީ 19 ވަނަ ދުވަހު ފަޔަރ އެވެއަރނަސް ތިއަރީ ކުލާސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ފަޔަރ އެވެއަރނަސް ޕްރެކްޓިކަލް ކުލާސް ކުރިއަށް ގެންގޮސްފައިވަނީ ފެބުރުވަރީ 23 ވަނަ ދުވަހުއެވެ.
މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލ އ ިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. އަދި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި ފަޔަރ ބްލޭންކެޓް އަދި އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.
ޣާޒީ ސްކޫލުގެެ ކެޑޭޓު އަދި ބޭންޑު ދަރިވަރުން ހިމެނޭހެން 40 ދަރިވަރުން މި ކުލާސްތަކުގައި ވަނީ ބައިވެރިވެފައެވެ.

































