އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުޑަފުށި ރިސޯޓް އެންޑް ސްޕަރގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.
ކޯސް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރްޓީއެސް) ގައި ފެބުރުވަރީ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިވިލް އެފެއަރޒްގެ ޑެޕިއުޓީ ޑައިރެކްޓަރ، ކެޕްޓަން އިސްމާޢީލް އަޙްމަދެވެ.
މި ކޯހުގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހިމެނެއެވެ
ފެބުރުވަރީ 11 އިން 20 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި އެ ރިސޯޓްގެ 10 މުވައްޒަފުން ބައިވެރިވި އިރު، ކޯހުގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނަދީމް އިބްރާހީމްއާއި، އެފްއާރްޓީއެސްގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒް ރަޝާދުއާއި، އެ ސަރވިސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީގެ އިތުރުން ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ސިފައިން ބައިވެރިވެލެއްވިއެވެ.

































