ހުލުމާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިންއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯރކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޙިދުމަތް ކެނޑުން އެކަށީގެންވާކަމަށެވެ.
މިގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެކި ސަރަޙައްދުތަކާއި , ހުޅުމާލެ ދެވަނަ ފިޔަވަހިން (H1 – H8) , ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ. މި ސަރަޙައްދުތަކުން ކަރަންޓުގެ ޙިދުމަތް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މާދަމާ ގެ ހެނދުނު 6:00 އާއި 6:15 އާއި ދެމެދުގެ ވަގުތުގައެވެ. އަދި މިކަމަށްޓަކައި ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމުގައި ބުނެފައިވެއެވެ.

































