މި ރަމަޒާންމަހު މާލެ ސަރަހައްދުގައި ވިޔަފާރީގެ ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތައް ކަނޑައަޅައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ގްރޭޓާ މާލެ ސަރަހައްދުގައި މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ. މިގޮތުން ރޯދަމަހު އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށްކަމަށާއި އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އަދި މުދާ އުފުލަން މަނާ ގަޑިތަކަކީ ހެނދުނު 6:00 އިން ހެނދުނު 9:30 އަށްކަމަށާއި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.
އަދި ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލަން ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. އަދި މަނާކޮށްފައިވާ ގަޑިތަކަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

































