މާލޭގެގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ މ. ނިއުޕްލާޒާ ގޭގައެވެ.
އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 19:11 ހާއިރުކަމަށްވެސް އެމްއެންޑީއެފް ބުނެއެވެ.
މިދިޔަ ހަފްތާގައި ވެސް މާލޭގައި ނުރައްކާތެރި ދެ އަލިފާނުގެ ހާދިސާއެއް ހިނގާއިވާކަން ފާހަގަކޮށްލެވެއެވެ.

































