ސްޓެލްކޯ ޓަވަރަކުން ޒުވާނަކު ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސްޓެލްކޯ ޓަވަރު ސީ ބިއްދޮށު ފަޅިއަށް ޒުވާނަކު ވެއްޓިފައި އޮއްވާ ފެނިފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ ވެއްޓިފައި އޮއްވާ ފެނިފައިވަނީ ހ. ގިނިރާހިއާގެ، އުމުރުން 31 އަހަރުގެ އިބްރާހީމް ޝަރަފް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ 9 ވަނަ ފަންގިފިލައިންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޝަރަފް ވެއްޓުނު ގަޑިއެއް އަދި އެކަމާގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިއަދު ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓި މީހާކު ނިޔާވި ހާދިސާ ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މީޑިއާއަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވެއެވެ.
މީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސް ތަކަށް އިހުތިރާމުކޮށް ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

































