އައްޑޫ ސިޓީއަށް މިރޭ ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 19:15 އިން 22:00 ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުގައި ގުގުރުމާއި އެކު އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަންނަ އަންގާރަ ދުވަހު އަލިވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓުން ބުނެފައިވަނީ މިގަޑިތަކުގައި، މި ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރާ، އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިދުވަސްކޮޅަކީ މޫސުން ގޯސްވެފައިވާ ދުވަސްކޮޅަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

































