ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކަބް ސްކައުޓް ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް އޭދަފުށި ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުންބުނީ، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެދުމަށް، ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
މި ސެޝަނުގގައި އަލިފާނުގެ ހާދިސާތަކުގައި ދަރިވަރުން އަމަލުކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި ކުށްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައިވެއެވެ.އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮނިގަނޑުގެ މައިގަނޑު ބަހާތަކުގެ މައުލޫމާތު ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ. އަދި އެމެޖެންސީ ހާލަތުގައި އަމަލުކުރާނެ ގޮތްތައް ބުނެދީ ގުޅާނެ ނަންބަރުތައް ވެސް ކިޔައިދީފައިވެއެވެ.


































