އއ. އަތޮޅުގައި އޮންނަ މަޑިވަރު ރިސޯޓް ކައިރީ ދަގަނޑު ބޮޔެއް އޮޔާ ދާތީ ސަމާލުވާން އެމްއެންޑީއެފް އިން އަންގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެ ރިސޯޓްގެ ހުޅަނގު އުތުރުން 3.6 ނޯޓިކަލް މޭލުން ދަގަނޑު ބޮޔެއް އޮޔާދާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
އަދި މި ދަގަނޑު ބޮއެ އޮޔާދާކަމަށް މައުލޫމާތު ލިބިފައި ވަނީ އިރަަށް ކަަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.
ވީމާ މި ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރަން،“. އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.
އަދި ރޭގަނޑު މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށްވެސް އަންގާފައި ވެއެވެ.

































