މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ކާރިސާ ކޮމެޓީއެއް އެކުލަވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސުން ގޯސްވެ، ވިއްސާރަވެދާނެ ކަމަށް މޫސުމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވާތީ، ޚާއްސަ ކާރިޘާ ކޮމިޓީއެއް އުފައްދައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް އެކޮމެޓީ މެދުވެރިކޮށް ފަށާފައިވާ ކަމަށެވެ. މިގޮތުން ފެންބޮޑުވެދާނެ ޙާލަތަށް ތައްޔާރުވުމުގެ ގޮތުން ވެލިބަސްތާތައް ތައްޔާރުކޮށް ދުރާލާ ވެލިބަސްތާތައް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ، ރާއްޖޭގެ އިރުން ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދި، އެ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެން ކަމުން (13 ޖެނުއަރީ 2025) އިން ފެށިގެން 18 ޖެނުއަރީ 2025 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. އަދި އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުން ގޯސްވާނެތީ، އެ އިދާރާއިން ވަނީ މޫސުމުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފައެވެ.

































