މިއަދު ސްކޫލްކުދިންގެ ޗުއްޓީނިމި ފަހުޓާރމްފެށުމަށް ސްކޫލްތައް އަލުން ގުޅުވުމާއިގުޅިގެން، އުޖާލާ މުސްތަޤްބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމުކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިކަން ހާމަކޮށްފައިވަނީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައެވެ. އެޕޯސްޓުގައިވަނީ، ޗުއްޓީގެ އުފާވެރި ދުވަސްތަކަކަށްފަހު، މިއަދަކީ އަނެއްކާވެސް އަޅުގަނޑުމެން ސުކޫލުތަކުގެ ދޮރުތައްހުޅުވާލާ އުނގެނުމާއި ދަސްކުރުމުގެ ދުވަސްތައް އަލުން ފަށައިގަންނަން ތައްޔާރުވާންވީ ދުވަހެވެ. ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ދަންނަވާލަން އޮތީ، މިއީ ދިރާސީ އަހަރެއްގެ ނިމޭ އެންމެ ފަހުޓާރމް ކަމަށްވުމާއެކު، އެންމެން ގުޅިގެން މަސައްކަތްކުރަންވީ ކާމިޔާބީ ޙާޞިލުކުރުމަށެވެ. ހަނދާންބަހައްޓަންވީ ، އުޖާލާ މުސްތަޤްބަލެއްގެ ތަޅުދަނޑިއަކީ ތަޢުލީމުކަމަވެ.

މޭޔަރު އާޒިމް އެކްސް ގައި ކުރެއްވި ޕޯސްޓުން ހަނދާން އާ ކޮށްދެއްވީ ސުކޫލުގެ ފަހުޓާރމްކަމުން ދަރިވަރުންނާއި ބެލެނިވެރިންނަށް ހިތްވަދިނުންކަން ފާހަގަކޮށްލެވެއެވެ. އަދި މޭޔަރު އާޒިމް ސިފަވެގެންދަނީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމަށް ހިތްވަރުދެއްވާ ކަންކަމުގައި ހަމައާ އުޞޫލުދަމަހައްޓާ ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ސިޔާސީ ޚިޔާލުތަފާތުވުންތަކާއި އެކުވެސް ޤައުމީ ވިސްނުން އިސްކުރައްވާ އިޖުތިމާއީ ގުޅުން ދަމަހައްޓާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

































