ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ އެކްސް އެކައުންޓް ހެކްކޮށްފި އެވެ.
އެންސީއައިޓީގެ އެކައުންޓު ހެކުކޮށްފައިވަނީ ރޭގެ ފަތިހު ވަގުތެއްގައެވެ.
އެ އިދާރާގެ އެކްސް ޕޭޖްގައި އެ އިދާރާއިން ކުރިން ޕޯސްޓްކޮށްފައިހުރި އެއްވެސް ޕޯސްޓްއެއްވެސް ޑިލީޓްކޮށްފައި ނުވާކަން ފާހަގަވެއެވެ. އެގޮތުން އެންމެ ފަހުން އެ އިދާރާއިން ޕޯސްޓްކޮށްފައި ވަނީ ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއްގެ ވާހަކައެވެ. މިގޮތުން ސަރުކާރުގެ ޓެކްނޮލޮޖީގެ ކަންތައް ބަލަހައްޓާ ސެންޓަރުން ބުދަ ދުވަހުގެ މެންދުރު މައިކްރޮސޮފްޓް 365 އެޑްމިނިސްޓްރޭޓަރުންނަށް ބޭއްވި ފަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް ޕޯސްޓުކޮށްފަ އެވެ.
އެ އެކައުންޓް ހެކް ކުރި ފަހުން ވަނީ ބިޓްކޮއިން ޕޯސްޓެއް ކޮށްފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ އެކައުންޓް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

































