ޤާނޫނާއި ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަށް ވަދެއުޅުން ބޭރުގެ މަސްބޯޓެއް ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑްގެ ބެލުމުގެދަށަށް މިއަދު ގެނެސްފިއެވެ.
އެމްއެންޑީއެފްގެ ރަސްމީ އެކްސް އެކައުންޓު ކުރި ޕޯސްޓުގައި ބުނީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށްވަނީ ގެނެވިފައިވާކަމުގައެވެ.

މި މަސްބޯޓަކީ ކޮންޤައުމެއްގެ ބޯޓެއްކަމާއި ބޯޓުގައި ތިބި މީހުންގެ އަދަދު އަދި ބޯޓު އޮތް ލޯކޭޝަނެއް އެމްއެންޑީއެފް އިން ހާމަކޮށްފައިނުވެ އެވެ.

































