ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން 12 ޒުވާނުނާއި އެކު ކަސަބު ވިޔުމުގެ ކޯހެއް ގއ. ކޮލަމާފުށީގައި ހިންގައިފިއެވެ.
ޒުވާނުންބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރައިން ބުނީ. ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްކަމެވެ. އަދި ޒުވާނުންގެ ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުންކަމަށް ވެސް ވުޒާރައިން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިއީ އެވުޒާރައިން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

































