އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް 68 އިމާމުންނާއި އައްޑޫ ސިޓީގައި ފަށައިފިއެވެ.
އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ މި ޕްރޮގުރާމުގައި 68 އިމާމުން ވަނީ ބައިވެރިވެފައެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 19 އަތޮޅެއްގެ އިމާމުންނަށް މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މިހާތަނަށް، 736 އިމާމުން ވަނީ ތަމްރީންވެފައެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ސިލްސިލާ މަސައްކަތެކެވެ.

































