ޓޫރިޒަމް މިނިސްޓްރީން ދެމުން އަންނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްގެ ތިންވަނަ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް (އެމްޓީއޭ) އަކީ ޓޫރިޒަމް މިނިސްޓްރީން 2022 ވަނަ އަހަރު ތައާރަފްކުރި އަހަރީ ގައުމީ އެވޯޑެކެވެ.
މިއަހަރު އެޕްލިކޭޝަން ހުޅުވާލާފައިވަނީ ހުރިހާ ރިސޯޓްތަކާއި ހޮޓަލްތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އުޅަނދުތަކާއި ޑައިވް ސެންޓަރުތަކަށާއި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުން ހުރި އެހެނިހެން ފެސިލިޓީސް ތަކަށެވެ.
މިނިސްޓްރީން ބުނީ، އެވޯޑް ކެޓަގަރީތަކާއި، ކުރިމަތިލުމުގެ ޝަރުތުތަކާއި އަދި އިވެލުއޭޝަން ކްރައިޓީރިއާ އާއި ބެހޭ އިތުރު ތަފްސީލު މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 – ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. މި އެވޯޑްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެމީހެއްގެ ކެޓަގަރީގެ ދަށުން އޮންލައިން ލިންކު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރުއެވެ.

































