ގައުމީ ޔުނިވަސިޓީން އިންތިޒާމުކޮށްގެން ބާއްވާ ”ރެދަން އާޓް އެކްޒިބިޝަން“ މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި އެގްޒިބިޝަން ރަސްމީކޮށް ފަށާނީ ހަވީރު 3:45 ގައި ނެޝަނަލް އާރޓް ގެލެރީގަ އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކައިލުމަށް ބާއްވާ ”ރެދަން“ މައުޒަޒު އެގްޒިބިޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 24 އާ ހަމައަށެވެ.

































