ލަވަކިޔުންތެރިންގެ ހުނަރުތައް ދައްކާލުމަށް ބާއްވާ “އޮލިންޕިއަންސް ވިތު ޔޫތު”ގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
މި ނޮވެންބަރު މަހުގެ 17 އިން 19އަށް ބާއްވާ މި ޝޯގައި ލަވަކިޔުމަށް ހަމަޖެހިފައިވަނީ އިހުގެ ލަވަކިޔުންތެރިންނާއި މިހާރުގެ ލަވަ ކިޔުންތެރިން ބައިވެރިވާގޮތަށެވެ.
މި ޝޯ ބޭއްވުމުގެ މަގުސަދަކީ ކުރީގެ ލަވަކިޔުންތެރިންނާއި މިހާރުގެ ލަވަކިޔުންތެރިން އެއް ޕްލެޓްޕޯމެއްގައި އާންމުންނަށް ހުށަހެޅުންތަކެއް ދައްކުވައި ދިނުމެވެ.
މީގެ އިތުރުން މީހާރުގެ ލަވަކިޔުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީވެގެން ދިއުމަކީ ވެސް މި ޝޯ ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމެއްމަށް ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރައިން މައުލޫމުދެއްވައެވެ.
އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ޒަމާނުންސުރެ އޮންނަ ފޯރިގަދަ ޝޯތައް ބޭއްވުން މެދުކެނޑިގެން ގޮސްފައިވެއެވެ. އެންމެ ފަހުން މިފަދަ ޝޯއެއް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އަހަރު ތަކަކެއްގެ މެދުކެނޑުމަކަށް ފަހު މި ޝޯ އޮލިންޕަހުގެ ސްޓޭޖުގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު ޝޯގެ ޓިކެޓު މިހާރު ވަނީ ވިއްކަން ފަށާފައެވެ. ނަމަވެސް ޓިކެޓުގެ އަގުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

































