ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިންކަމަށް ޞާލިހު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ޤައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގަ ވީހިނދު މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައިކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.
”އުފާވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. ޖުމްހޫރިއްޔަތެއްގައި ދައުލަތުގެ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން. އަދި ޤައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގަ ވީހިނދު މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފަ“. ރައީސް ޞާލިހު އެކްސްގައި ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

































