ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއި އެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހިން ބުނީ ކައުންޓަ- ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ހައްޔަރުކޮށްފައި ވަނީ އިންޑިިއާ އަށް ނިސްބަތްބާ ބިކާރާ ކުމާރު، 24، އާއި އިންޑިއާގެ އަކިލޭޝް ކުމާރު، 27، ގެ އިތުރުން ނޭޕާލަށް ނިސްބަތްވާ އުމާކަންތު ޗޯދަރީ، 35، އެވެ.
އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 މަގުމަތިން ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

































