އެކަކު އަނެކަކަށް ވަގަށް ގޮވުމާއި ހަޑިހުތު ބަހުން އެއްޗެހި ކިޔުމަކީ އެމްޑީޕީހެ ފަލްސަފާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަވާ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީއަށް ފާޑު ވިދާޅުވެ ފަޒީލް ވިދާޅުވީ އެމްޑީޕީއިން ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަވެސް ކުރި ކަމަކީ އާންމުންގެ ތެރޭގައި އެކަކު އަނެކަަކަށް އޮންނަ އިޚްތިރާމް ގެއްލުވާލުން ކަމަށެވެ.
ފަޒީލް ވިދާޅުވީ އެމްޑީޕީއިން ވެރިކަމަށް އައިސް އެންމެ ފުރަތަމަ ވެސް ގެއްލުވާލީ އާންމުންގެ ތެރޭގައި އޮތް މަސްލަހަތު ކަމަށާއި އަދި އެމްޑީޕީއިން ދެކޭގޮތުގައި ޑިމޮކްރަސީއަކީ އެކަކު އަނެކަކާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަދެއްކެން ކަމުގައި ފަޒީލް ވަނީ ސިފަކުރައްވާފައެވެ. އޭނާ ވަނީ އެއީ ޑިމޮކްރަސީއެއް ނޫން ކަމަށާއި އެއީ ދެކެން ބޭނުންވާ ވެސް ޑިމޮކްރަސީއެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ފަޒީލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެ ފަދަ ބޭއަދަބީ ގޮތަކަށް މަސައްކަތް ކުރަމުން ދިޔަ ސިޔާސީ ޕާޓީއެއް ކަމަށާއި އެ ޕާޓީގެ މެމްބަރުން މަޖިލީހުގައި ތިބެގެން މަޖިލީހުގެ ތަކެއްޗަަށް ގެއްލުންދިނުމާއި މަޖިލީސް ފްލޯގައި ގާނޫނު އަސާސީގެ މައްޗަށް ކޮޅަށް އެރުންފަދަ ކޮށްފައިވާކަމަށް ވިދާޅުވެ ފަޒީލްވަނީ ސިޔާސީ ހަރަކާތްތަކަކީ މިއީތޯ ސުވާލު އުފައްދަވާފައެވެ.
ފަޒީލް ވަނީ ގާނޫނުތަކަށް މި ގެނެވޭ އިސްލާހުތަކުގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން ސިޔާސީ ހަރަކާތްތަކުގައި އިތުރުވެގެން ދާނެ ކަމަށެވެ.
މިހާރު ޕާޓީތަކުގެ ގިނަ ހަރަކާތްތައް ހިނގަނީ ވެރިކަން ކުރާ މާލޭގައި ކަމަށާއި އެއާ ޚިލާފަށް މި ގެނެވޭ އިސްލާހާއި އެކު ރައްރަށުގައި ސިޔާސީ ހަރަކާތްތައް ހިންގުން އިތުރަށް ފުޅާވެގެން ދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

































