ކުރިއަށް އޮތް ހަފްތާބަންދުގައި ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ ހުކުރު ދުވަހު އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. މެދުރާއްޖެއަށް ވިއްސާރަ ކަމަށެވެ. ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
ހޮނިހިރު ދުވަހު ބައެއް އުތުރު އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި އަދި ހޮނިހިރު ދުވަހުވެސް މެދުރާއްޖެއަށް ވިއްސާރަކަމުގައި މެޓުން ބުނެފައިވެއެވެ.

































