ސްކޫލް ކުއްޖެއްގެ ފޮތް ދަަބަސް ވަގަށް ނެގި މީހާ ހައްޔަރުކޮށް ދަބަހުގެ ވެރިފަރާތާ ފޮތްތަކާއެކު ދަބަސް ޚަވާލުކޮސްފިކަމަށް ފުލުހުން ބުނެފިއެވެ.
ގްރޭޑް 9 ގައި ތައުލީމު ހާސިލް ކުރަމުންދާ ސުކޫލު ކުއްޖެއްގެ ދަބަސް ވަގަށްނެގި މައްސަލައެއް އާއްމު ފަރާތަކުން ފޭސްބުކުގައި ސަމާލުކަމަށްއެދި ދަބަސް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިފައިވަނީކޮށް ފުލުހުން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު ކަސްތޫރި ގޯޅި ކަންމަތީގައި ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
”ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި އިން ސްކޫލް ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު އަމުރުއްގެ ދަށުން ހައްޔަރުކޮށްފައި. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ވަނީ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން.“ ފުލުހުންގެ އާނުްމުރި މެސެޖެއްގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ހިފާޒް އުމުރުން 33 އަހަރުގެ އަޙްމަދު މާޖިދު ކަމަށާއި އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ހޯދައި ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

































