ޔޫތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކޮށްފި އެވެ.
އެ މަގާނަށް އައްޔަންކޮށްފައި ވަނީ އަހުމަދު ޝައްމޫނެވެ. އޭނައާ އެކު މިހާރު ޔޫތު މިނިސްޓްރީގައި ފަސް ޑެޕިއުޓީން ތިއްބަވާނެ އެވެ.
ޝައްމޫން މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޯމައިގަ އެވެ. ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 35،000ރ. އެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ޝަމްއޫނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2014-2015 އަށް އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ކޯޑިނޭޓަރުކަން 2015-2018 އަށް އަދާކުރެއްވި ބޭފުޅެކެވެ.
މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަން ގޯޅި މެދު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވެސް ޝައްމޫން ވާދަކުރެއްވި އެވެ.

































