ރައީސް ޑރ މުޙައްމަދު މުއިއްޒު، ހިންގަވަނީ ރަސްކަމެއްތޯ ތުހުމަތުކޮށް ކުރީގެ މަޑަވެލިދާއިރާގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން އެކްސްގައި ކުރިޕޯސްޓެއްގައި ސުވާލުއުފައްދައިފިއެވެ. ދިޑިމޮކްރެޓްސްގެ ނައިބްރައިސްކަން ކުރައްވާ ހުސައިން ފިރުޝާންގެ އެކްސް އެކައުންޓުން ކުރިޕޯސްޓުގައި އިތުރުކަންބޮޑުވުންތަކެއްވެސް ވަނީ ހިއްސާކޮށްފައެވެ.
އެގޮތުން ދިވެހީންގެރާއްޖެ ދިވެހީން ހަނާކޮށް ފަނާކޮށްފިކަމަށް ތުހުމަތުކޮއްފައިވެއެވެ. އެކްސްގައި ރައީސުލްޖިމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ޓެގްކޮށް ކުރިއެކްސް ޕޯސްޓުގައި އިތުރުކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގައިވަނީ އެމްއެމްއޭ ސިޔާސީ ކޮށްފިކަމާއި، ބޭންކް ސިޔާސީ ކޮށްފިކަމާއި، އޭސީސިއަށް އަތްބާނަން އީސީގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި ކަމުގެ އިތުރުން ކުރި ހަރަދު ސިއްރުކޮށްފައިވާކަމަށް ތުހުމަތު ކުރާކަމަށް ހިއްސާ ކުރި ޕޯސްޓުގައިއެވެ. އަދި އިތުރުން ތިޔަ ހިންގަވަނީ ރަސްކަމެއްތޯވެސް ސުވާލުކޮށްފައިވެއެވެ.

މިފަހަކަށް އައިސް ހުސައިން ފިރުޝާން ސިޔާސީ ކަންކަމުގައި މާބޮޑަކަށް ހަރަކާތްރިވާތަން ފެނިގެންގޮސްފައެއް ނުވެއެވެ. އަދި އޭނާ ނައިބްރައިސްކަންވެސް ކުރައްވާ، ނިސްބަތުން މެންބަރުންމަދު ދިޑިމޮކްރެޓްސް އިންވެސް އެކަށީގެންވާ ސިޔާސީ ހަރަކާތްތައް ހިންގާތަނެއްނުފެނެއެވެ.

































