އޮޅު ހިޔާ ފެސިލިޓީއަށް އިތުރު ބުޅާ ގެންދިއުމުގެ މަސައްކަތް މިނިސްޓްރީން އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފަށައިއިފިއެވެ.
މިނިސްޓްރީން އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާރު އިތުރު ބުޅާ ގެނައުމަށްޓަކައި، ބުޅާ ބަހައްޓާނެ ކޮށިތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ.
އަދި އޮޅު ހިޔާ ފެސިލިޓީގައި ބުޅާ ބަހައްޓާ ކޮށިތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، އެ ތަން ފަރުމާކޮށް، ނެޓު ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށްވެސް މިނިސްޓްރީން އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެކއްސްގަައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އަދި މި މަސައްކަތް ފުރިހަމަވުމުން، ޚާއްޞަކޮށް ކުދި ބުޅާތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ފުރުޞަތު ފަހިވެގެންދާނޭ ކަމުގައިވެސް އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފަވެއެވެ.
އޮޅު ހިޔާ ފެސިލީޓީ އާއި މިނިސްޓްރީން ހަވާލުވީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަގުމަތިން ބުޅާތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 15 ބުޅަލާއި އެކު ފުރަތަމަ ބެޗް މިހާރުވެސް ކެޓް ޝެލްޓަރއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މާލެ މަގުތަކުގައި އުޅޭ ބުޅާތައް ރިހެބިލިޓޭޓް ކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ޚާއްޞަ ޒޯންތަކެއް ގާއިމްކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 5000 އަކަފޫޓުގެ ބިމެއްގައި ޤާއިމުކޮށްފައިވާ އޮޅުހިޔާ ފެސިލިޓީ އަކީ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ.

































