މިއަހަރު (1446)ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒަކާތް ބެހުން އެއްހަމަކޮށް ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެކަމަށާއި މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމަށެވެ. މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެއް އެކަނި އެރަށެއްގެ ފަޤީރުންނަށް ބަހާ ގޮތަށްކަމަށާއި، މިހެން މިކަން ކުރުމުން ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އަދަދެއްކަމަށް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

































