ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ އާ ލޯގޯ އިފްތިތާޙު ކޮށް ފިއެވެ.
ޕީޖީ އޮފީހުން ބުނީ އާ ލޯގޯއިން ރަމްޒުކޮށް ދެނީ ނަޒާހަތްތެރިކަމާއި، އިންސާފުވެރިކަމާއި، ހަރުދަނާ އަދުލުގެ ނިޒާމަކަށް ފަސްނުޖެހޭ ހިދުމަތްތެރިކަމެއް ކަމަށެވެ.
ޕީޖީ އޮފީހުގެ ކުރީގެ ލޯގޯ އަކީ ތިލަފަތެއް ރަމްޒުކޮށްދޭ ލޯގޯ އެކެވެ. އެއާ ޙީލާފަށް މި ފަހަރުގެ ލޯގޯގައި ތިލަފަތުގެ ބަދަލުގައި ވަނީ ދިވެހިވަންތަކަން ރަމްޒުޮށްދޭ ކުރެހުމެކެވެ.

































