ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ށ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށާފައިވާ ކަމަށެވެ. އެ ޚިދުމަތް ފައްޓަވައި ދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމުގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުން އެ ޚިދުމަތް ދޭން ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

































