އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފަށާފައިވާ ’މަވައްދަތު‘ ސިލްސިލާގެ ތިން ވަނަ ފޯރަމް އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމްގައި ”ކައިވެނި ކުރެވުމާއެކު“ މި މަޢުޟޫއުއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ޒާހިދުއެވެ.
މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ”ކައިވެނީގެ ކުރިން“ މި މަޢުޟޫއުއަށެވެ. އެ ދަރުސްގައި މަޢުލޫމާތު ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ”“ކައިވެންޏަށް ތައްޔާރުވުން“ މި މަޢުޟޫއުއަށެވެ.
މަވައްދަތު ސިލްސިލާގެ ތިންވަނަ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

































