ވިއްސާރައާއި ގުޅިގެން ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި ފެންހަރުލައިގެން މީހުން ވަޅުލުން ވަގުތީގޮތުން އާސަހަރާއަށް ބަދަލުކުރިމަށް މާލޭސިޓީ ކައުންސިލްއިން ވަނީ އަންގާފައެވެ.
ސިޓީ ކައުންސިލް މިކަން ހާމަކޮށްފައިވަނީ މިއަދު އެކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ބުނީ، މި ވަގުތު މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި، 8 އިންޗި އާއި 9 އިންޗިއާއި ދެމެދު މިންވަރަކަށް، ފެން ހަރުލާފައި ހުރުމުގެ ސަބަބުން، ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާތީ،މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެންނެތްވާހަކަ ހިތާމައާއިއެކު ދަންނަވަމެވެ. މި ގޮތަށް ދިމާވުމުން، މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާސަހަރާ މިސްކިތުގައި ކަމަށް ދަންނަވަމެވެ.

ނިމިދިޔަ ހަފުތާއިންފެށީގެން ރާއްޖެއަށް މޫސުންގޯސްވެ ކުރަމުންދާ ވިއްސާރާގައި މާލެސިޓީގެ މަގުތަކުގައި ފެންބޮޑުވެ ގޭތަކަށް ފެންވަދެ ބޮޑެތިގެންލުންތަކެއް ގޭގެއަށް ވަނީ ލިބިފައެވެ. އަދި ރާއްޖޭގެ ބައެއްރަށްތަކަށް އުދައެރުމުގެ އިތުރުން ވިއްސާރައިގެ ސަބަބަނުން ރަށްތަކުގައި ފެންބޮޑުވެގެން ބޮޑެތިގެންލުންތަކެއްވަނީ ލިބިފައެވެ.

































