މޫސުމީ ބަދަލުތަކާއިއެކު ދުނިޔޭގެ އެކިއެކި ބައްރުތަކަށް ކުރިމަތިވާ ތަފާތު ގުދުރަތީ ކާރިސާތައް މެދުވެރިވަމުން ދިޔުމަކީ ވަކި މީހެއްގެ ސަބަބަކުން ކުރިމަތިވާ ކަމެއްނޫނެވެ. އެހެންކަމުން އެދަފަ ކާރިސާތަކަށް އަމަލުކުރުމަށް ގިނަ ޕްލޭންތަކެއްވަނީ ހެދިފައެވެ. މިފަދަ ޕްލޭންތަކަކީ އެޤައުމަކަށް ބައްޓަންކޮށްފައިވާ ވަކި ޙާއްޞަ ޕްލޭކެވެ. އަދި ކޮންމެ ޤައުމެއް ވެއްޓާގުޅޭ ގޮތުން ކުރާދިރާސަގެ އަލީގައި ކުރާ ޕްލޭންކެވެ. ޤައުމުތަކަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް އެހީތެރިވާ ޕްލޭނެއް ހެދިފައިވީ ނަމަވެސް އަބަދުވެސް އަމަލުކުރަން ޖެހެނީ ކުރިމާތިވާ ކާރިސާގެ ހާލަތަށެވެ. އަދި ވަގުތާއި ރައްކާތެރިވާނެ އާލާތްތަކުގެ ބޭނުން ކުރުމަށެވެ. ފުރާނަ ސަލާމަތް ކުރުމަށް އިސްކަންދިނުމެވެ.
ހަޤީޤާތުގައި ދުނިޔޭގެ ބައްރުތަކުން ތަހައްމަލު ކުރުމުންދާ ތަފާތު ގުދުރަތީ ކާރިސާތަކުގައި ލިބެމުންދާ ގެއްލުންތައް އެޤައުމުގެ ތަރައްޤީގެ އެތައްއަހަރެއް ފަހަތައް ޖެހިގެންދެއެވެ. އާންމުދިރިއުޅުން މުޅިން ނެތިގެންދެއެވެ. ގެދޮރާއި މުދާ އަދި ދިރިއުޅުމަށް ކުރިމަސައްކަތުން ލިބުން ނަފާ ގެއްލިގެންދެއެވެ. ނަމަވެސް ބަދަލުވަމުންދާ މުސުމީ ކަރިސާތަކުން ދުނިޔޭގައި ނަންހިނގާ ތަނަވަސް ޤައުމުތަކުންވެސް ކާރިސާއެއް ކުރިމިތާ ހާލަތްތަކުގައި ވަގުތުން ވަގުތައް އެހީތެރިކަން ފޯރުކޮށްދިނުން އެހީ ވަރަށް ނާދިރުކަމެއްކެވެ. ނަމަވެސް އާންމުންގެ ރައްކާތެރިކަމަށް އަމަލުކުރުމުގައި އެންމެ އެކުގައި މަސައްކަތް ކުރުމުގެ ރޫހެއް ދެމެހެއްޓުމަކީ މިފަދަ ކާރިސާތަކުން ރައްކާތެރިކަން ލިބިގަތުމަށް މަގުފަހުވެގެންދިޔުމެވެ.

ކާރިސާތަކުން ރައްކާތެރިކަން ލިބިގަތުމަށް އަދި ހާލުގައި ޖެހިފާއިވާ ކޮންމެ މީހަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭނެއްގެ އެހީގައި ޤައުމުތަކުން ޤާބިލްކަން ދަމަހައްޓަމުންގެންދެއެވެ. ކާރިސާއަކީ ކުރިން އެނގުމަކާއި ލައިގެންއަންނަ ކަމެއްނޫންނެވެ. އަދި ގެއްލުން ތަސައްވަރުވެސް ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ދުރާލާ ދެމުންގެންދާނީ ރައްކާތެރިކަމުގެ އިރުޝާދެކެވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކެވެ. ދުރާލަ މިފަދަ އެންގުންތަކުން ރައްޔިތުންގެ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވަގުތު ލިބިގެންދިޔުމުން ކާރިސާއިން ގެއްލުން ކުޑަކުރެވިގެންދެއެވެ.
ރާއްޖޭގައި ކުރިމަތިވާ ގުދުރަތީ ކާރިސާތަކަން ރައްކާތެރިވުމަށް ހެދިފައިވާ ޕްލޭންތަކީ އުދައެރުމާއި. ވިއްސާވުމާއި. އަދި ކަނޑުދަތުރު ފަތުކުރުމުގައި ކުރިމަތިވާ ކާރިސާތަކުގެ އިތުރު އަލިފާނާއި ވައިގަދަވުމާއި ނަގޫ ރޯޅިފަދަ ކާރިސާތަކަށް ހެދިފައިވާ ރައްކާތެރިކަމުގެ ޕްލޭނެކެވެ. ކަރިސާތަކާއިބެހޭ އޮތޯރިޓީއަކީ ކާރިސާގެ ކުއްލި ހާލަތުގައި އަމަލުކުރުމަށް ތަފާތު އިރުޝާދު ދެމުންގެންދާ އިދާރީ މަސައްކަތް ކުރާ ބައެކެވެ. ފަހަރެއްގައި ވެސް އެއޮތޯރިޓީއަކީ ހުރިހާ ވަޞީލަތްތަކަތެއް ހުރި ތަނެއްނޫނެނެވެ. އެހީތެރިކަން ފޯރުކޮށްދެމުންގެންދަނީ ސިފައިންނާއި ފުލުހުންނާއި އަދި ކައުސިލްތަކުންނެވެ. މީގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނެވެ. އަދި އާންމުރައްޔިތުންނެވެ. އެހެންކަމުން ކުރިމަތިވެފައިވާ ކާރިސާތަކުން ރައްކާތެރިކަން ލިބިގަތުމުގައި ފާރުދީ ޒިންމާ އިސްކުރަންވާނެއެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ކާރިސާ ހިނގާވަގުތު ވަގުތުން ވަގުތައް އެހީތެރިކަން ފޯރުކޮށްދެވިފައިނެތެވެ. ނަމަވެސް ގުދުރަތީ ކާރިސާއިން ލިބިގެންދާ މާލީގެއްލުންތަކަށް އެހީތެރިކަން އަދި ވަގުތުން ދެވެންއޮންނަ އެހީތެރިކަމެއްފޯރުކޮށްދެމުންގެންގޮސްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. ކާރިސާތަކުގެ ވަގުތުގައި ކެތްތެރިކަން އިސްކުރުމަކީ އެންމެ ދަތިވާކަމަކަށް ވުމާއިއެކު ތަފާތު ގޮންޖެހުން ކުރިމަތިވެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ އިންސާނުންނަށް އެކަމެއްގެ މައްޗަށް ބާރުނުފޯރުވޭ ކާރިސާތަކާއި ހާދިސާތައް ކުރިމަތިވާ ހިނދު އެކަމާމެދު ކެތްތެރިވުމާއި ފުންކޮށްވިސްނުން އިސްކުރުމެވެ.

































