ރާއްޖޭގައި މިހާރު އޮތީ ޚުދުމުހުތާޒް ވެރިކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން މިހާރު ކުރިއަށް ގެންދިއަ ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން މިހާރު ކަންކަން ކުރަމުން އަންނަނީ ޑިމޮކްރަސީގެ ހަމަތަކާ ވަރަށް ބީރައްޓެހިކޮށް ކަމަށެވެ. އެގޮތުން އިއްޔެ އާއި ރޭ މަޖިލީހުގެ ތެރެއިން ފެނިގެން ދިޔައީ ޚުދުމުހުތާރު ވެރިކަމެއްގައި ކަންކަން ފެންނަ ގޮތަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު ޚުދުމުހުތާރު ވެރިކަމެއްގެ ސިއްކަ ޖެހުނު ނަމަވެސް އެކަމާ ދެކޮޅަށް އެމްޑީޕީން ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މި ސަރުކާރު ޒިންމާދާރުކުރެއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރައްވަން ތައްޔާރަށް ހުރި ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

































