ދައުލަތުން ގެއްލިފައި ހުރި ފައިސާ ހޯދުމަކީ އޭސީސީގެ އެންމެ ބޮޑު އެއް ޒިންމާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލިފައި ހުރި ފައިސާ ހޯދުމަކީ އޭސީސީގެ އެންމެ ބޮޑު އެއް ޒިންމާކަމަށާއި ދޮންއަމާ ވީޑިއޯ މައްސަލަ ބަލައިގެން ދައުލަތަށް ވަންނާނެ ފައިސާއެއް ނޯންނާނެކަމަށެވެ. އަދި ދެން އެއަށްވުރެ ބާރު ބޮޑުކުރި ވީޑިއޯއަކީ ބެލްކަނި ވީޑިއޯކަމަށާއި ޓްރޭޑް މިނިސްޓްރީއާ ބްރޮޑްކޮމްއާ ޗެނަލް 13 އުވާލަން މި ސަރުކާރުނހް މަސައްކަތް ކުރާ ކަމަށެވެ. އަދި މި މީހުންގެ މަސްލަހަތު ހިމެނޭ މީހަކު ބޮޑު ޖަރީމާއެއް ހިންގައިފިއްޔާ ހަތަރު ފަރާތުން އަލިފާން ރޯކުރާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މުއިއްޒަށް ހުށަހެޅިފައި ހުރި ތުހުމަތުތަކުން ބަރީއަވާން އޭސީސީގައި ހުރި މައްސަލަތައް ހިންގެވިޔަ ދިނުމަށް ރައީސް މުއިއްޒުއަށް ގޮވާލާކަމަށާއި އަދި އެމްއެމްއޭއިން ނެރެފައި ހުރި އެސްޓީއާރުތަކުގެ މައްސަލަ ޕޮލިހުންނަށް ބެލިޔަ ދިނުމަށް ވެސް ގޮވާލާކަމަށެވެ.
މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ވެރިކަމަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު ހިންގެވިކަމަށްވާ ކޮރަޕްޝަންގެ އިތުރު މައްސަލަަތައް ހުރިކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލީހުގައި އެމްޑީޕީގައި ތިއްބެވި ތޭރަ މެމްބަރުން، ރައީސް މުއިއްޒު އިންތިހާބުވެވަޑައިގެންނެވުމާ އެކު ކަނޑާލައިގެން ޕީއެންސީއަށް ގެންދިޔަ މައްސަލަ އަށް ޖަވާބުދާރީ އެއް ނުވެވޭކަމާ ރާޖޫ މާލެ (ރަސްމާލެ) ހިއްކަން ހިންގި ޖަރީމާ އަށް ޖަވާބުދާރީ އެއް ނުވެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެމްއޭ އިން ނެރަފައި ހުރި އެސްޑީއާރުތަކަށް ޖަވާބުދާރީ ނުވެވޭ ކަމަށާއި ރައީސް މުއިއްޒާ ދެކޮޅަށް ވައްދާފައި ހުރި ކަރަޕްޝަންގެ މައްސަލަތަކަށް ޖަވާބުދާރީ އެއް ނުވެވޭކަމުގެ އިތުރުން މިފަހަރުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ޕީއެންސީ ޓިކެޓުގައި ހޮވި ގޮތާ މެދުވެސް ކުރެވުމުންދާ ތުހުމަތުތަކަށް ޖަވާބުދާރީ ރައީސް މުއިއްޒަށް ނުވެވޭކަން ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.

































