ޕާކިސްތާނުގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ހިޒް އެކްސެލެންސީ އާސިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ މުޙައްމަދު ޝެހްބާޒް ޝަރީފަށް، އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރުދާއިރާގެ މަޖިލިސް މެންބަރު ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ކާނަލް ނަޒީމް ތަހުނިޔާގެ މެސެޖް ހިއްސާކުރައްވާފައި ވަނީ. ނާޒިމްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ނާޒިމްގެ ޕޯސްޓުގައި ހިއްސާކުރައްވާފައިވަނީ، ދެޤައުމުގެ މެދުގައިއޮތް ރަތުމަތްތެރިކަމުގއ ގުޅުން ކުރިއަށް އޮތް އަހުރުތަކުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޕާކިސްތާނުގެ ވެރިންނަށާއި ރައްޔިތުންނަށް ޕާކިސްތާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވާކަމުގައެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރުވަނީ 60 އަހަރު ފުރިފައެވެ.


































