• About
  • Advertise
  • Privacy & Policy
  • Contact
N News
Advertisement
  • ހޯމް ޕޭޖް
  • ޚަބަރު
    • ހުރިހާ
    • ވިޔަފާރި
    • ދުނިޔެ
    • ސައިންސް
    • ސިޔާސީ
    ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

    ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

    ހިންނަވަރުގައި  ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފި

    ހިންނަވަރުގައި  ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފި

    ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ބ. މާޅޮހުގައި ކުރިއަށް ގެންގޮސްފި

    ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ބ. މާޅޮހުގައި ކުރިއަށް ގެންގޮސްފި

    އެލް ޖީއޭ ބޯޑަށް މެމްބަރުން އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

    އެލް ޖީއޭ ބޯޑަށް މެމްބަރުން އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

    މިހާރު ކުރަމުން ދާ ވިއްސާރައިގާ މޫސުން އިތުރަށް ގޯސްވާނެ

    މިހާރު ކުރަމުން ދާ ވިއްސާރައިގާ މޫސުން އިތުރަށް ގޯސްވާނެ

     އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކޮށްފި

     އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ ޢައްޔަންކޮށްފި

    Trending Tags

  • ޓެކްނޮލޮޖީ
    މޯބައިލް ފޯނު ހިފައިގެން ފާހާނައަށް ވަންނަނީ ކާކު؟

    މޯބައިލް ފޯނު ހިފައިގެން ފާހާނައަށް ވަންނަނީ ކާކު؟

    އަހަރެންގެ ޚިޔާލު: ބެލެނިވެރިންނާއި ޓީޗަރުންވެސް ސޯޝަލް މީޑިއާގަ!

    އަހަރެންގެ ޚިޔާލު: ބެލެނިވެރިންނާއި ޓީޗަރުންވެސް ސޯޝަލް މީޑިއާގަ!

    Trending Tags

  • މުނިފޫހިފިލުވުން
    • ހުރިހާ
    • ކުޅިވަރު
    • މިއުޒިކް
    • ގޭމިން
    އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

    އާޓިފިޝަލް ބީޗްގައި ވޯލްޑްކަޕް ބެލޭނެ އިންތިޒާމު ހަމަ ޖައްސަނީ

    ޕްރެޒިންޑެންޓް ކަޕްގެ ފައިނަލް މެޗް ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވައިފި

    ޕްރެޒިންޑެންޓް ކަޕްގެ ފައިނަލް މެޗް ރައީސުލްޖުމުހޫރިއްޔާ ޝަރަފުވެރި ކޮށްދެއްވައިފި

    މީދޫ ވޮލީކޯޓް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

    މީދޫ ވޮލީކޯޓް ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި

    އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ

    އެފްއޭއެމް އިން ލީގުގައި ކުޅޭ އަންހެން ކޮންމެ ޓީމަކަށް 100،000 ރުފިޔާ ދެނީ

    ބާސެލޯނާ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

    ބާސެލޯނާ އަތުން ޗެލްސީ އަށް ފަސޭހަ މޮޅެއް

    ރައީސް، ޒެމްބިއާ ބެޑްމިންޓަން ސީރީޒްގައި މެޑަލް ހޯދި އެތުލީޓުންނަށް ތަހުނިޔާ ވިދާޅުވެއްޖެ

    ރައީސް، ޒެމްބިއާ ބެޑްމިންޓަން ސީރީޒްގައި މެޑަލް ހޯދި އެތުލީޓުންނަށް ތަހުނިޔާ ވިދާޅުވެއްޖެ

  • ލައިފްސްޓައިލް
    • ހުރިހާ
    • ކާނާ
    • ސިއްޙަތު
    ހދ. ވައިކަރަދޫގައި ގްރީން ހައުސް އަޅައިފި

    ހދ. ވައިކަރަދޫގައި ގްރީން ހައުސް އަޅައިފި

    ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ

    ލޭ ލިބުން ދަތިވެ، އާންމުންގެ އެހީއަށް އެދިއްޖެ

    ބަރުދަން ލުއިވާނެ ކަމަށް ބުނެ ބޭހެއް ވިއްކާތީ އިޒާރެއް

    ބަރުދަން ލުއިވާނެ ކަމަށް ބުނެ ބޭހެއް ވިއްކާތީ އިޒާރެއް

    ނޭވާލާ ނިޒާމުގެ ބަލިތައް ވެސް އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

    ނޭވާލާ ނިޒާމުގެ ބަލިތައް ވެސް އިތުރުވާތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

    ނިދާއިރު ކައިރީގައި މޯބައިލް ފޯނު ނުބާއްވާތި!

    ނިދާއިރު ކައިރީގައި މޯބައިލް ފޯނު ނުބާއްވާތި!

    ދުނިޔޭގެ އެއިޑްސް ދުވަސް: މިހާތަނަށް 44.1 މިލިއަން މީހުން މަރުވި

    ދުނިޔޭގެ އެއިޑްސް ދުވަސް: މިހާތަނަށް 44.1 މިލިއަން މީހުން މަރުވި

    Trending Tags

  • ރިވިއު
ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ

ހޯމް މަޒުމޫން

ދެ ހިތެއްގެ ލޮބުވެތިވި އުންމީދުގާ ….“ އާދަމް ނަޞީރު އިބްރާހީމްގެ މަޒުމޫން:

އިބްރާހިމް އާޒިމް - އިބްރާހިމް އާޒިމް
އޯގަސްޓް 6, 2026
އެތެރެ މަޒުމޫން
0
ދެ ހިތެއްގެ ލޮބުވެތިވި އުންމީދުގާ ….“ އާދަމް ނަޞީރު އިބްރާހީމްގެ މަޒުމޫން:
0
ޝެއާސް
28
ވިއުސް
Share on FacebookShare on Twitter

ބައެއް ފަހަރަށް އިންސާނާގެ ހިތުގައި އުފެދޭ ޝުޢޫރުތައް، ވަކިހަމަތަކަކަށް ފައްތައި އަތުރާލައެވެ. ރިހުންތަކާއި އުދާސްތައް އެކި އިބާރާތުން ސިފަކޮށް އޮއްސާލައެވެ. މި ކަމަށް ޅެންވެރިކަމޭ ކިޔައެވެ. އަނެއްބައި ފަހަރަށް ވަކި ދަނޑިވަޅުތަކަކަށް، ވަކި ހަމަތަކަކަށް އަޑުތަކެއް އުފައްދާން ފަށައިފާނެއެވެ. ކޮންމެވެސް އެއްޗެއްގެ އެހީގައެވެ. ނުވަތަ ތުނބުން ފުމެލާ ރާގަކުންނެވެ.  މި ފަދަ އުފެއްދުމަށް މޫސީޤު ނުވަތަ މިޔުޒިކޭ ކިޔައެވެ. އެންމެ ޤަދީމީ ދުވަސްވަރު އެއީ ފަންނެކެވެ. ނަމަވެސް، ޒަމާންތަކަކަށް ފަހު، އެއީ ހަމައެކަނި ފަންނެއް ނޫނެވެ. އެއީ  ފަންނުތަކަކާއި، ޢިލްމުތަކެކެވެ. ސައެންސެކެވެ. އިންތިހާ ފުޅައު، ތަނަވަސް ދާއިރާއެކެވެ.

މި މަޒުމޫނުގައި ބަލައިލާނީ އަޑުވީއްލައި ޝުޢޫރެއް ވަކި ވަޒަނަކަށް ފާޅުކުރާ އިރު، އެ ކަންކުރެވޭ ގޮތުން އުފެދޭ އަސަރުގެ މައްޗަށެވެ. އޭގެ ސަބަބުގެ މައްޗަށެވެ. އެއީ ޅެމެއް ނުވަތަ ލަވައެއް ނަމަ، އަބަދު ހިތުން ނުފިލައި އެ ފަދަ އަޑުތައް ހަނދާނުގައި ހަރުލަނީ ކީއްވެހެއްޔެވެ؟

ޖަވާބު ހޯދާން އަޅުގަނޑު ބަލައިލާނީ މަޝްހޫރު ދިވެހި ފަންނާނު ފީއަލީ ޢަބްދުﷲ ވަޙީދުގެ ކިޔުންތެރިކަމުގެ މައްޗަށެވެ. ފީއަލީ ވަހީދޭ ބުނާ އިރަށް އެތައް ބަޔަކު އެވާރެޔާ ތެމޭތީއެވެ. އެތައް ބަޔަކަށް ލައްކަ އަސަރުކުރާތީއެވެ. ކަލާތިހާ ކައިރީގައި ހުރުމަށް ފަހު، 1990ގެ އަހަރުތަކުގައި މަޝްހޫރުވި “ދެހިތެއްގެ ލޮބުވެތި އުންމީދުގާ – އުފެދޭ މި ލޯބީގެ ޖަޒުބާތުގާ“ އަދިވެސް ރޭދުވާ ގުނެމުންދާތީއެވެ. އެ ކަމަށް ޓިކްޓޮކާއި މުޅި އިޖުތިމާޢީ ވިޔުގަ ހެކިދޭތީއެވެ.

ކިޔުންތެރިކަމެއްގައި ބަލާ މައިގަނޑު ކަންކަމަކީ ކޮބާ؟

ފަންނާނެއްގެ ކިޔުންތެރިކަން ވަޒަންކުރުމުގައި ބަލާ މައިގަނޑު ކަންކަން، ޖުމުލަ ހަތަރު ބައެއްގެ މައްޗަށް ކުރުކޮށްލެވިދާނެއެވެ. ފުރަތަމަ ބަޔަކީ އޭގެ ފަންނީ އިޖުރާއީ ބައެކެވެ. މި ބައިގައި އޭނާގެ ކިޔުމުގައި ހުންނަ ރާގުގެ ސާފުކަމާއި އަޑުގެ ހަމަ (Pitch & Intonation) އަށް ބަލައެވެ. ވަކި ހަމައެއްގައި އަޑުގެ މިޔުޒިކީ ނޯޓު ސީދާކުރެވޭ މިންވަރާއި، ރާގުގެ ހިމުން އިންތަކުން ބޭރުނުވެ، އަޑު ހިފެހެއްޓުމުގެ ކުޅަދާނަކަން ހުރި މިންވަރު ވަޒަންކުރެއެވެ. ނޭވާ ކިޔަމަންކުރެވޭ ނިސްބަތަށް ވެސް އިސްކަން ދެއެވެ. އެ ގޮތުން ދިގުރާގުތަކާއި، އުނދަގޫ ތަންތަން ކިޔާ އިރު، ނޭވާ ހިފަހައްޓާ ގޮތާއި، ޑަޔަފްރޮމް ބޭނުންކޮށްގެން އަޑަށް ބާރުދޭ މިންވަރަށް ބަލައެވެ. 

ހަމަ މި ބައިގައި، އޭނާއަށް އަޑުއުފެއްދޭ އެންމެ ދަށް-މަތިމިނާއި، އެ މައްޗަށް އޭނާގެ ކަންޓަރޯލު ނެގުމުގައި ހުންނަ ފުދުންތެރިކަމަށް (Vocal Range & Flexibility)  ބަލައެވެ. އޭނާގެ އަޑުގެ އަމިއްލަވަންތަ ސިފައާއި އޭގެ އޮމާންކަމާއި، ލުއިކަމާއި، ސާފުކަމުން އުފައްދާ އަސަރު (Tone Quality & Timbre) އަށް ވެސް ބަލައެވެ. އޭގެ އިތުރަށް ދަށް އަޑުން މަތީ އަޑަށް ނަގުލުވާއިރު، އޭގައި ހުންނަ ތަރުތީބާއި، އަޑުގެ އެ ދަތުރުގައި ދައްކާ ފަހިކަމަށް ބަލައެވެ.

ކިޔުންތެރިކަމުގައި ބަލާ ދެވަނަ ބަޔަކީ ބަހާއި އަދަބީ ސިފަތަކުގެ ބައެވެ. އާންމުކޮށް ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގައި އިންސާފުކުރާން ދީފައި އޮންނަ ޝީޓުގައި މި ތާނގައި ޖަހާފައި އޮންނަނީ އަރޓިކިއުލޭޝަނެވެ. މި ބައިގައި ބަލަނީ ލަފުޒުތައް އަދާކުރާ ގޮތަށެވެ. އަކުރުތައް ތަލައްފުޒުކުރާ ގޮތަށެވެ. ލަފުޒުތަކުގެ ވަކިއެކި އަކުރަށް ލުއިކަންދީ ބާރުލާގޮތެވެ. މިއީ ޅެމުގެ ކޮންމެ ލަފުޒެއްގެ ކޮންމެ އަކުރެއް ކިޔާ ގޮތެވެ. ޅެމުގެ މާނައަށް ބުރުލެއް ނާރާނޭހެން، ލަފުޒުތަކާއި ޖުމުލަތައް ވަކިކޮށް ރަނގަޅު ތަންތަނުން ނޭވައިލައިގެން، މުހިންމު ތަންތަނުގައި ނޭވައި ދަމަހައްޓައިގެން، އަނެއްބައި ތަންތަނުގައި ކިޔުން ފަސްކޮށް އިސްކޮށްގެން ދައްކާ، އެހުންތެރީންނަށް ޅެމުގެ މާނަފޯރުވައިދިނުމުގެ ޚާއްޞަ ހުނަރެވެ.

މި ތާނގައި ވަރަށް މުހިންމު ކަމެއް ފާގަކޮށްލަން ބޭނުމެވެ. ފުރަތަމަ ނުކުތާގައި މި ދެއްކުނީ މިޔުޒިކީ ގޮތުން ދައްކަން ޖެހޭ ހުނަރާއި ތަބާވާން ޖެހޭ އުސޫލުތަކުގެ ވާހަކައެވެ. ދެވަނަ ނުކުތާގައި މި ދެއްކުނީ އަދަބީ ގޮތުން ދައްކަން ޖެހޭ ހުނަރާއި ތަބާވާން ޖެހޭ ކަންކަމުގެ ވާހަކައެވެ. ކިޔުންތެރިކަމެއްގައި މި ހުންނަނި އަސާސީ ކަންކަމެވެ.

ކިޔުންތެރިކަމެއް ވަޒަންކުރުމުގައި ބަލާ ތިންވަނަ ކަމަކީ، އޭގެ އިޙްސާސާއި ފަންނީ މުއްސަނދިކަމެވެ. ރާއްޖޭގައި ފަންނީ އިންސާފުގެ މޭޒުތަކުގެ މަތީން ލިބޭ ޝީޓުތަކުގައި މި ބައިގައި “Expressive & Artistic Elements“ މިހެން ލިޔެފައި އޮވެއެވެ. ނުވަތަ “ވޭރިއޭޝަން އެންޑް ޑައިނަމިކްސް“ މިހެން ލިޔެފައި އޮވެއެވެ. ނަމަވެސް ވޭރިއޭޝަނާއި ޑައިނަމިކްސްއަކީ މި ދެންނެވި ބޮޑު ފުރާޅުގެ ދަށުގައިވާ އެހެން ވަކި ދެ ބައެވެ.

ކޮންމެޔަކަސް ކިޔުންތެރިކަމުގެ މި ބައިގައި ޖުމުލަ ތިން ހަތަރު ނުކުތާއަށް ސަމާލުކަން ދެއެވެ. ލަވައިގެ މާނައާއި އެއްގޮތަށް އުފާވެރިކަމާއި ހިތާމަވެރިކަން ނުވަތަ ލަދުވެތިކަން އަޑަށް ގެނައުމެވެ. އެ ކަމަށް ޓަކައި ބައެއް ފަހަރަށް އަޑަށް ބާރުލުމާއި އަނެއް ބައި ފަހަރަށް އަޑު ހިންދައިލާ ހިންދައިލުމެވެ. މި ކަމަށް ކްރެސެންޑޯއާއި ޑީކްރެސެންޑޯއޭ ކިޔައެވެ. އަނެއް ކަމަކީ ޅެމުގެ މާނައިގެ ޖާޒުބާތާއި ރާގުގެ އިޙްސާސްތައް އެކުލައި ގަތައިލުމެވެ. މި ކަމަށް އިމޯޝަނަލް އެކްސްޕްރެޝަން އަދި ޑައިނަމިކްސްއޭ ކިޔައެވެ. ދެން އަމިއްލަ މިޔުޒިކީ އުފެއްދުންތެރިކަން ނުވަތަ އޭނާވަންތަކަން އެ ކިޔުމަކަށް ގެނައުމެވެ. މީގެ މާނައަކީ ކޮބައިތޯއެވެ?:ޅެން ހަދާ މީހާ ޅެން ހަދައިފާނެއެވެ. އެކަމަކު އެ ޅެމެއް ކިޔާން ލިބޭ ހިސާބުން އޭގެ މެސެޖަކީ ކިޔުންތެރިޔާގެ ޚިޠާބެކެވެ. އޭނާގެ އަމިއްލަ ހިތުން ބޭރުކުރާ، އޭނާގެ ޝުޢޫރެއްގެ ގޮތަށް،  އޭގެ ހުށަހެޅުން އަންނާންވާނެއެވެ.

ބައްޕަޔަކު އޭނާގެ ކުޑަ ދަރިފުޅު ނިޔާވެގެން ޅެންވެރިޔަކު ލައްވައި ޅެމެއް ހައްދައިފާނެއެވެ. ޅެންވެރިޔާ ޅެން ހަދަން ފަށާއިރަށް، އެ ކުއްޖާއަކީ ޅެންވެރިޔާގެ ދަރިއެކެވެ. ލަވަކިޔުންތެރިޔާ އެ ލަވަ ކިޔާ އިރު އެ ކުއްޖާއަކީ ލަވަކިޔާ މީހާގެ ދަރިއެކެވެ. އަޑު އަހާ މީހުން އަޑު އަހާ އިރު އެއީ އަޑު އަހާ ކޮންމެ މީހެއްގެ ދަރިއެކެވެ.  އިޙްސާސް ފުންވަނީ ޖަޒުބާތު ކެކެނީ މި ގޮތުންނެވެ.

 މި ކަމަށް ކިޔުންތެރިޔާގެ ކިޔުމުގެ އޯތެންޓިސިޓީއޭ ކިޔައެވެ. މީގެ އިތުރަށް އެ ލަވައެއް ނިސްބަތްވާ ޜޯންރާ ދެނެގަނެ، އެ ލަވައެއްގެ ޒާތާ އެއް ގޮތަށް، އަޑުގެންގުޅުމުގެ ހުނަރު ދައްކާ މިންވަރަށް ވެސް ބަލައެވެ. ފަންނީ ގޮތުން ކިޔަނީ ވޯކަލްފްލަރރިޝަސްއާއި، ވައިބްރާޓޯއެވެ. މި ކަންކަން އަންނާންވާނީ ލަވައިގެ ފަންނީ އަދަބީ ޒާތާ ގުޅުވައިގެން އޭގެ އެކަށޭނަ ގޮތުގައެވެ.

ކިޔުންތެރިކަމެއް ވަޒަންކުރުމުގައި ބަލާ ހަތަރުވަނަ ކަމަކީ ކޮބައިތޯއެވެ؟

އަޑުއެހުންތެރީންނާ ގުޅުން އުފެއްދުމެވެ. އެކަން ކުރެވޭނީ އަޑާއި ހަށިގަނޑުގެ ބަސްމަގުންނެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރުންނެވެ. އެ އިތުބާރު އުފެދޭނީ، މިޔުޒިކަށް އަހުލުވެރިވުމާއި ޅެމަށް ފުންވި ވަރަކަށެވެ. އެއާ އެކު ހަމަ ހިފެހެއްޓުމާއި ހަމައަށް ހުނަރުވެރިވުން ހިމެނެއެވެ. ކަނދު ދުއްވާ މީހާ ރާޅުތަކުގެ ހުޅިމަތީގައި ދާ ފަދައިންނެވެ. ރާޅުގެ ހުޅިމައްޗަށް އަރާންވީމާ އަރައެވެ. ހޮޅިތެރެޔަށް ވަންނާންވީމާ ވަދެއެވެ. ނިކުންނާންވީމާ ނިކުމެ، ދެރާޅު ދެމެދުގައި ހުރެއެވެ. އޮމާންކަމާއެކު އެއް ހުޅިން އަނެއް ހުޅިޔަށް ސޮއްސައިލައެވެ. ކިޔުންތެރިޔާ އޭނާއަށް އިވޭ ޓެމްޕޯއާއި ބީޓަށް މި ފަދައިން ހޭނި، ފަރިތަވެގެންވުން މުހިންމެވެ.

ފީއަލީ ޢަބްދުﷲ ވަޙީދުގެ ކިޔުންތެރިކަން

މިހާ ހިސާބުން މި ބަލައިލަނީ މި ދެންނެވި އަސާސްތަކުގެ މަތީގައި ފީއަލީ ޢަބްދުﷲ ވަޙީދުގެ ކިޔުންތެރިކަމަށެވެ. މިއީ އޭނާގެ ކިޔުންތެރިކަމުގެ ހުރިހައި ކަމަކަށް ކުރާ މިޔުޒިކީ ޙުކުމެއް ނޫނެވެ. މިއީ އިސްވެ ދެންނެވުނު ފަންނީ އަސާސްތަކުގެ މަތީގައި ދެވޭ ފަންނީ ތަންޤީދެކެވެ. ޢިލްމީ ފާޑުކިޔުމެކެވެ. މި ކަމުގައި އަޅުގަނޑު ތަހުލީލަކަށް މި ނެގީ 1990ގެ އަހަރުތަކުގައި އަޅުގަނޑަށް ހެދިފައި އޮތް ލަވައެއްގެ ތަންކޮޅެކެވެ. ކިޔުއްވާފައިވަނީ ޢަބްދުﷲއެވެ. މި ތަންކޮޅު ނުވަތަ މި ކަޑި އިޚްތިޔާރުކުރީ އެތައް ޒަމާނެއް ފަހުން އެ ލަވައިގެ ވަކި ކަޑިއެއް ވަޔާފެތުރެމުންދާތީއެވެ. ޓިކްޓޮކްގެ ތަފާތު ހަތް އެކައުންޓަކުން ތަފާތު ހަތް ވީޑިޔޯކޮޅާއެކު މި ކަޑިއާއި އެ ލަވައިގެ މައިގަނޑު އަޕްލޯޑުކޮށްފައިވާތީއެވެ.  ސައުންޑްކްލައިޑުގައި ވެސް ތަފާތު އެކި ފަރާތްތަކުން މި ލަވަ ހިމަނައިފައިވާތީއެވެ.

“ދެހިތެއްގެ ލޮބުވެތިވި އުންމީދުގާ، އުފެދޭ މި ލޯބީގެ ޖަޒުބާތުގާ

 ކުރާހާ ވަޢުދަކީ، ވެވޭހާ އަޙްދަކީ، ފުރާނައިގެ ދިރުންހޭ؟“ މިއެވެ.

މި ކަޑި ކިޔުމުގައި ފަންނާނު ގެންގުޅެފައިވާ އަދަބީ ފަންނީ އުކުޅުތަކުގެ ޢިލްމީ ތަހުލީލެއް ކުރީމެވެ. އެ ފަދަ ކަންކަމަށް ޚާއްޞަ، ޒަމާނީ ސޮފްޓްވެއަރއެއްގެ އެހީގައެވެ. ނަތީޖާ މި ހުށަހަޅައިލަނީއެވެ.

ޑައިނަމިކްސްއާއި ވޯކަލް ކޮންޓްރޯލިންގއަށް ބަލާއިރު، ލަވަކިޔުންތެރިޔާ ބަސްތައް އަދާކުރަނީ ވަރަށް މަޑުމައިތިރި، ހިމޭން ހިތްހެޔޮ އަޑަކުންކަން ފާހަކުރެވުނެވެ.  އާންމުކޮށް ލޯބީގެ އުންމީދުތަކާއި ޖަޒުބާތުތައް ސިފަކޮށްދިނުމުގައި އަޑުގެ ވޮލިއުމް މަޑުކޮށްލުމަކީ އަޑުއަހާ މީހާއާއި ލަވަޔާ ދެމެދުގައި އިޙްސާސީ ދޭހައެއް،  ނުވަތަ އިންތިޒާރީ ގާތްކަމެއް (intimacy) އުފައްދައިދޭ ކަމެކެވެ.

 ވޯކަލްކޮލޮރޭޝަންއާއި ޕިޗްކޮންޓްރޯލިންނަށް ބަލާއިރު، “އުންމީދުގާ“ އަދި ”ޖަޒުބާތުގާ“ ފަދަ ނިންމުންތަކުގައި އަޑު ދަމާލާ ގޮތާއި، ރާގު ހިފަހައްޓައިލައި އޭގެ ތިރިއުސްމިނަށް އޮމާން ބަދަލެއް ގެނެއެވެ. އޭގެ ސަބަބުން މިއީ ސާފުކޮށް އިހުސާސްތައް ދެނެގަނެވޭފަދަ ”ލިރިކަލް“ ކިޔުމެއްކަން އެނގުނެއެވެ.

ފްރޭޒިންނާއި އިމޯޝަނަލް ކެޑެންސްއަށް ބަލާއިރު، “ކުރާހާ ވަޢުދަކީ، ވެވޭހާ އަޙުދަކީ“ އަދި ”ފުރާނައިގެ ދިރުންހޭ؟“ މިއީ ސުވާލުގެ ރޫހެއްގައި އަދި ސީރިއަސް އިހުސާސަކާއެކު އަންނަ ބަސްތަކެކެވެ. ލަވަކިޔުންތެރިޔާ ”ފުރާނައިގެ ދިރުންހޭ؟“ ތަކުރާރުކޮށް ކިޔާއިރު، އަޑުގެ ނޯޓުތައް ހިފަހައްޓައިލާ ގޮތުން އެ ސުވާލުގެ ފުންކަމާއި، ހިތުގައި އުފެދޭ ސުވާލުތަކާއި ކުލުނު ބޮޑަށް އިހުސާސްކޮށްދެއެވެ. ހަމަ އެހެންމެ މި ސުވާލު ތަކުރާރުކުރާ އިރު، ދެ ފަހަރުގެ ކިޔުމުގައި ނޯޓުތަކުގައި ފަރަގު އުފައްދައެވެ. އެއީ އިތުރު ބާރެއް މާނައަށާއި، އިޙްސާސަށް ދޭ ކަމެކެވެ.

ނޭވާގެ ކޮންޓްރޯލަށް ބަލާއިރު، ލަވަކިޔާއިރު ނޭވާގެ އަޑު މާ ބޮޑަށް ނުއިވޭ ގޮތަށް، ނޭވާ ކޮންޓްރޯލްކޮށްގެން ކިޔައެވެ. މި ގޮތުން ލަވައިގެ ރީތިކަމާއި އޮމާންކަން ދަމަހައްޓައެވެ. އެ ގޮތުން އަޑުއަހާ މީހާގެ ސަމާލުކަން ލަވައިގެ މެސެޖަށާއި މެލޮޑީއަށް ހުއްޓުވައިދޭ ކަމެކެވެ.

ވަކިވަކި ލަފުޒުތައް އަދާކޮށްފައިވާ ގޮތަށް ބަލައިގެން ނެރެވުނު ނަތީޖާ ވެސް ހިމަނައިލާނަމެވެ.  މި ލަވައިގައި ”ފުރާނައިގެ ދިރުންހޭ؟“ މިއީ މައިގަނޑު ސުވާލެވެ. ޖަޒުބާތީ އެންމެ އުސްކުންނެވެ. މިއީ ލޯބީގެ އަގު އިޙްސާސްކޮށްދިނުމަށްޓަކައި އެކި ހާލަތްތަކުގައި ތަކުރާރުވާ ބަސްކޯޅިއެކެވެ. މިއިން ކޮންމެ ތަކުރާރުވުމެއްގައި ލަވަކިޔުންތެރިޔާ ގެންނަ ތަފާތު ބޮޑެވެ. ނިކަން ކަތްވެވެ. 

ފުރަތަމަ ތަކުރާރުވުން (”ކުރާހާ ވަޢުދަކީ…“ އަށްފަހު) އަޑު ވަރަށް މަޑުވެ، ނޭވާގެ އަޑު އެކުލެވޭ (airy/breathy tone) ގޮތަކަށް އަދާކުރެއެވެ. އޭގެ ސަބަބުން ހިތުގައި އުފެދޭ އަމިއްލަ ސުވާލެއް ނުވަތަ ޝައްކާއި އުންމީދު އެކުވެފައިވާ އިހުސާސަކަށް ދޭހަވެދެއެވެ. ދެވަނަ ތަކުރާރުވުމުގައި (”ލައްޒަތަކީ ތެދޭ…“ އަށްފަހު) އަޑު ސާފުވެ، ކުޑަކޮށް ފުޅާވެ އަޑު ފަލަވެއެވެ. އެ ކަމުގެ ސަބަބުން ސުވާލުގެ އޮއިވަރު ބަދަލުވެ، އެއީ ޔަގީންކަމާ ދިމާއަށް މިސްރާބުޖަހާ، އަދި ލޯބީގެ ފުންކަން އިގްރާރުވާފަދަ ވަރުގަދަ ޖަޒުބާތަކަށް ބަދަލުވެއެވެ.

ލަވައިގެ ހަމައާއި ބީޓަށް ބަލާއިރު، ލަވައިގެ ވަޒަނާއި ރިދަމްގެ ތެރޭގައި އެއް ބަސްތަކެއް ކިޔާއިރު، ”ބީޓު“ ނުވަތަ ތާލަށް ފެތޭ ގޮތް ބަދަލުކުރެއެވެ.  އެއީ އޭގެ ސަބަބުން ކިޔުންތެރިކަމަށް ދިރުންގެނެސްދޭ ކަމެކެވެ. މި ގޮތުން ތަހުލީލުން ދެއްކި ގޮތުގައި މި ކިޔުންކޮޅުގައި އޮން-ބީޓު (On-Beat) ގެ ނިސްބަތަކީ ގާތްގަނޑަކަށް %60އެވެ. އޮފް-ބީޓު / ސިންކޯޕޭޝަން (Off-Beat / Rubato) ގެ ނިސްބަތަކީ  ގާތްގަނޑަކަށް %40އެވެ.

މިއީ ކިޔުމުގައި ފާހަގަކޮށްލެވުނު ބައެއް ހުނަރުތަކެވެ. އޭގެ އިތުރަށް ޅެމުގެ ބަސްމަގާއި އޭގެ އެތުރުމުގެ ދައުރެއް އޮންނާނެއެވެ. އޭގައި ހިމެނޭ “ފުރާނަ، އުންމީދު، ލައްޒަތު، ލޮބުވެތި“ މި ފަދަ ލަފުޒަކީ އިންސާނީ އެންމެ ފުން އިޙްސާސްތަކާ ގުޅޭ، ޙަޔާތުގެ މާނަ އެމައްޗަށް ބިނާވާ މަޤުޞަދުތައް ބަޔާންކުރާން ބޭނުންކުރެވޭ ފުން ލަފުޒުތަކެވެ. ނަމަވެސް ޅެމުގެ މައްޗަށް އެއްޗެއް ދަންނަވާކަށް ގަސްދެއް ނުކުރަމެވެ.

ޢިލްމީ ދިރާސާތަކުގެ ބަސް

ޢަބްދުﷲ ވަޙީދުގެ ކިޔުންތެރިކަމުން މުހިންމު ހުނަރުތަކެއް ފާހަގަކުރެވިއްޖެއެވެ. އެ ހުނަރުތަކުން އަސަރު ކުރުވާ ގޮތާ މެދު، ކުރެވިފައިވާ ތަޖުރިބާތަކާއި ހޯދިފައިވާ ހޯދުންތައް ބުނަނީ ކީކޭބާވައެވެ؟ ބްލެޓިން އޮފް ދަ ކައުންސިލް ފޮރ ރިސަރޗް އިން މިޔުޒިކް އެޑިއުކޭޝަނުން 1999ވަނަ އަހަރު ޝާއިޢުކޮށްފައިވާ ޖަރނަލް އަރޓިކަލެއް ބުނާ ގޮތުން، ލަވަކިޔުންތެރިޔާ ނުވަތަ މިއުޒިކް ހުށަހަޅައިދޭ މީހާގެ ފަންނީ ފެންވަރު ތަފާތުވުމުން އަޑުއަހާ މީހާއަށް ކުރާ އިޙްސާސީ އަސަރަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ހުށަހެޅުމުގެ ފަންނީ ފެންވަރު މަތިވިވަރަކަށް، އަޑުއަހާ މީހާއަށް އެއިން ކުރާ އިޙްސާސީ އަސަރުގެ ތޫނުކަން އިތުވެ، އެހުންތެރިޔާ އެ ލަވަޔާ ދިމާއަށް ދަމައިގަންނަ އޮއިވަރުގެ ބާރު ގަދަވެއެވެ. ހަމަ އެހެންމެ މި ކަމުގައި ފަންނާނުގެ އަދަބީ ޤާބިލުކަމާއި ސަގާފީ ފުންކަން ބޮޑު ދައުރެއް އަދާކުރެއެވެ. ދަޖާނަލް އޮފް ދި އެކުސްޓިކަލް ސޮސައިޓީ އޮފް އެމެރިކާ (JASA)  ގައި 2017ވަނަ އަހަރު ޝާއިޢުކުރެވުނު ދިރާސާއެއް ބުނާ ގޮތުން، ލަވަކިޔުންތެރިޔާ ލަވަކިޔާއިރު އޭނާގެ  އިޙްސާސްތަކާއި އަޑުގެ އެކޯސްޓިކް ސިފަތަކާ ދެމެދު، ވަކި ސީދާ ޞަރީޙަ ގުޅުމެއް އޮވެއެވެ. ތަހުލީލުގެ ތަޖުރިބާގައި އޮޕެރާ މިޔުޒިކުގެ ޕްރޮފެޝަނަލް ލަވަ ކިޔުންތެރީން  ހިމެނުނު މި ދިރާސާއިން ކަށަވަރުވި ގޮތުގައި ލަވަކިޔުންތެރިޔާގެ އަޑުން އިޙްސާސްތައް ފޯރުކޮށްދެނީ ހަމައެކަނި ”އެކްޓްކުރުމަކުން“ ނޫނެވެ. އެ ފުން އަސަރުތައް އުފެދެނީ އަޑުގެ ސައިންޓިފިކް/އެކުސްޓިކަށް އަންނަ ޙަޤީޤީ ފިޒިކަލް ބަދަލުތަކެއްގެ ސަބަބުން ނެވެ.

ޤިޔާމަތާ ހަމަޔަށް ދިއުޅޭ ފަންނާނުން

ކޮންމެ މީހަކު ވެސް މަރުވާނެއެވެ. ފަންނާނުން ވެސް މަރުވެއެވެ. އެކަމަކު ބައެއް ފަންނާނުން މަރެއް ނުވެއެވެ. ޞަލާޙުއްދީނަށް ފަހު،  އެމަނިކުފާނުގެ ”ޚުސްރުވާނީގެ ބަގީޗާ“ ދިރި އެބަ އޮތެވެ. ޖަލާލުއްދީނަށް ފަހު، އެމަނިކުފާނުގެ ”މުށުން ދޫވި ޤުމްރީ“ ދިރިއެބަ އުޅެއެވެ. ޖަމީލަށް ފަހު، އެމަނިކުފާނުގެ ”ޝަހީދުންގެ ޢީދު“ ވެސް ކޮން އަހަރަކު ދިވެހީންނާ ބައްދަލުކުރެއެވެ. ބައެއް ލަވަކިޔުންތެރީން ވެސް އެ ފަދައެވެ. އެ މީހުންގެ އަޑު މަރެއް ނުވެއެވެ. އެއީ އެ ފަދަ ފަންނާނުންގެ ކިޔުންތެރިކަން އާދަޔާ ޚިލާފަށް މޮޅު މީހުންނެވެ. އެ މީހުން ކިޔުމުގައި އުފައްދާ އިޙްސާސް ފުނެވެ. އަނެކުންނަށް ފޯރުވާ ނުފޫޒު ހޫނެވެ. ހިތްތަކަށް ކުރުވާ އަސަރު ތޫނެވެ. އެހެންވަނީ ކީއްވެހެއްޔެވެ؟ ގިނަ ސަބަބުތަކެއް ހުންނާނެއެވެ.

 ވަރަށް މުހިންމު އެއް ސަބަބަކީ އެ ފަދަ ފަންނާނުން އެ މީހުންގެ ބަހަށް މޮޅުކަމެވެ. ސަގާފަތަށް ފުންކަމެވެ. ތާރީޚާއި އެ ވެށްޓެއްގެ ޖިއޮގްރަފީއަށް ފަރިތަކަމެވެ. ފީއަލީ ވަޙީދުގެ ނަސީބަކީ ރަށްފުށަށް އުފަންވުމެވެ. ރަށްފުށުގައި ބޮޑުވެ، ދިވެހިވަންތަކަމަށް ފުން މައް ދިވެއްސަކަށްވުމެވެ. އެންމެ ކުޑަ އިރު، ބޭރު ބަހެއްގެ ހަނޑަހުން އެ ދުލާއި ހިތް އޮރިބުރިކުރާން ޒަމާން ތަން ނުދިނުމެވެ.   ބަހަވީ ޢިލްމުވެރީންގެ ބުނުންތަކުން އެނގޭ ގޮތުގައި، މި ފަދައިން އެ މީހެއްގެ ބަހާއި، ވެށްޓަށް ފުންވެފައިވާ ފަންނާނަކު ލަފުޒުތައް ކިޔަމުން ދާއިރު، އެ ލަފުޒުތައް ފޮޓޯތަކެއް ހެން، ނުވަތަ ވީޑިޔޯ ފީތާއެއްހެން އޭނާގެ ސިކުނޑީގައި ހުޅުވެމުން ނިއުޅެމުން ހަރަކާތްތެރިވަމުން ދާނެއެވެ. އޭނާ ތިބާއަށް އެ ފޯރުވައިދެނީ މި ދެންނެވި ފުންކަމެވެ. އެ މަންޒަރުތަކުން އޭނާ ކުރާ ޠަބީޢީ ސާފު އިޙްސާސްތަކެވެ. ހޭންޖެހޭ ވަގުތު ހެމުންނެވެ. ރޯންޖެހޭ ވަގުތު ރޮމުންނެވެ. ދީނީ ޣީރަތާއި،  ޤައުމީ ފަޚްރުގެ ވަގުތު އެ ރޫޙުގައެވެ.  އެ ފަދަ ފަންނާނުން ދުނިޔޭގެ ބިންމަތީގައި ނެތަސް، ދުނިޔޭގެ ބިމުގައި އޭރަކު ތިބި ބައެއްގެ ހިތުގެ ވިންދުތަކުގެ މަތީގައި، ސަލާމަށް އަތްހޫރާލަހޫރާލާ ތިބެއެވެ.

ކުރީގެ ޕޯސްޓް

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

އިބްރާހިމް އާޒިމް

އިބްރާހިމް އާޒިމް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • ޓްރެންޑިންގ
  • ކޮމެންޓްތައް
  • އެންމެފަހުގެ
އައްޑޫގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ، މިޞްރުގެ ފިރިހެން ޑޮކްޓަރު އަހުމަދުގެ މަޤުބޫލުކަމަށް 11 އަހަރު

އައްޑޫގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ، މިޞްރުގެ ފިރިހެން ޑޮކްޓަރު އަހުމަދުގެ މަޤުބޫލުކަމަށް 11 އަހަރު

އޯގަސްޓް 3, 2026
ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ވަރުގަދަ ރައްދެއް ވަޒީރު މާރިޔާ އަށް!

ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްގެ ވަރުގަދަ ރައްދެއް ވަޒީރު މާރިޔާ އަށް!

މެއި 8, 2025
ފިރުޝާން ތުހުމަތުކުރައްވަނީ ރައީސް ޑރ މުއިއްޒު ހިންގަވަނީ ރަސްކަމެއްކަމަށް!

ފިރުޝާން ތުހުމަތުކުރައްވަނީ ރައީސް ޑރ މުއިއްޒު ހިންގަވަނީ ރަސްކަމެއްކަމަށް!

އޮކްޓޯބަރ 28, 2024
މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ( އެމްސީޕީ) އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް،އިފްތިތާޙީ ޖަލްސާ ކުޅުދުއްފުށީގައި

މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ( އެމްސީޕީ) އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް،އިފްތިތާޙީ ޖަލްސާ ކުޅުދުއްފުށީގައި

ޑިސެމްބަރ 22, 2024
ކާމިޔާބީގެ ދަތުރުގައި ގިރާކުރަން އޮންނަ 3 އޮޅި!

ކާމިޔާބީގެ ދަތުރުގައި ގިރާކުރަން އޮންނަ 3 އޮޅި!

0
ކުރީގެ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

0
އެއާ  އަރަބިއާގެ  ފްލައިޓުތަކުގެ  ދަތުރުތައް ރާއްޖެއަށް  ފަށައިފި

އެއާ އަރަބިއާގެ ފްލައިޓުތަކުގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

0
އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

އޭސީސީ އާއި އީސީގެ އިސްވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެނީ

0
ދެ ހިތެއްގެ ލޮބުވެތިވި އުންމީދުގާ ….“ އާދަމް ނަޞީރު އިބްރާހީމްގެ މަޒުމޫން:

ދެ ހިތެއްގެ ލޮބުވެތިވި އުންމީދުގާ ….“ އާދަމް ނަޞީރު އިބްރާހީމްގެ މަޒުމޫން:

އޯގަސްޓް 6, 2026
ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރަށް އަރުވައިފި

އޯގަސްޓް 5, 2026
ހިންނަވަރުގައި  ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފި

ހިންނަވަރުގައި  ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން މީހަކު ހައްޔަރުކޮށްފި

އޯގަސްޓް 5, 2026
ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ބ. މާޅޮހުގައި ކުރިއަށް ގެންގޮސްފި

ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ބ. މާޅޮހުގައި ކުރިއަށް ގެންގޮސްފި

އޯގަސްޓް 5, 2026

Recent News

© 2024 NNews

Navigate Site

  • About
  • Advertise
  • Privacy & Policy
  • Contact

Follow Us

ނަތީޖާއެއް ނުލިބެއެވެ
ހުރިހާ ނަތީޖާއެއް ބަލާށެވެ
  • ސިޔާސީ
  • ވިޔަފާރި
  • ދުނިޔެ
  • ސައިންސް
  • މުނިފޫހިފިލުވުން
    • ކުޅިވަރު
    • މިއުޒިކް
    • ފިލްމު
    • ގޭމިން
    • ރިވިއު
  • ލައިފްސްޓައިލް
    • ކާނާ
    • ފެޝަން
    • ސިއްޙަތު
  • ޓެކްނޮލޮޖީ

© 2024 NNews